twitterviber whatsapp telegramfacebookyoutube instagram
15th August 2026

މަކުނުދޫއިން ދަތުރުކުރި ޑިންގީއެއްގެ ހުއްޓިގެން އެމްއެންޑީއެފްއިން އެހީތެރިވެއްޖެ!

Jan 20, 2018

ހދ.މަކުނުދޫއިން ފުރައިގެން ރ.އަލިފުއްޓަށް ދަތުރުކުރި ޑިންގީއެއް، އިންޖީނު ހުއްޓިގެން އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް އިއްޔެގެ 17:06 ހާއިރު ލިބުމާއެކު ކޯސްޓްގާޑްގެ ލޯންޗެއް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި ޑިންގީގެ އިންޖީނު ހުއްޓިފައިވަނީ ށ.ކޮމަންޑޫ ފަރު ކައިރިން ދަތުރުކުރަނިކޮށް ކަމަށް އެ ޑިންގީގައި ތިބި މީހުންނާހަވާލާދީ އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ދިގުމިނުގައި 18 ފޫޓު ހުރި މި ޑިންގީގައި 4 މީހުން ތިބި އިރު ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355