twitterviber whatsapp telegramfacebookyoutube instagram
25th July 2025

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗަރ ގޭޓްގެ ސްކޭނަރު ހަލާކުވެ، ބޮޑެތި ދަތިތަކެއް !

Jan 30, 2018

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗަރ ގޭޓްގައި ހުންނަ ލަގެޖް ސްކޭނަރު ހަލާކުވެފައިވާ ހުންނަތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ހަނިމާދޫ އިން ވާހަކަދެއްކި މީހަކު ބުނީ ޑިޕާޗާރ ގޭޓްގެ ސްކޭނަރު ހަލާކުވެފައި ހުރުމުން ލަގެޖްތައް ޗެކް ކުރަން ޖެހެނީ މެނުއަލްކޮށް ކަމަށާއި އެހެން ވުމުންގެ ސަބަބުން ފަންސެންޖަރުންގެ ޝަކުވާވެސް ބޮޑުވެފައިވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން އެތައް ވަގުތެއް އެކަމުގައި ހޭދަކުރަން ޖެހި ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާކަމަށް އެމީހާ ބުންޏެވެ.

އޭނާ ބުނީ ކޮންމެ ދުވަހަކުވެސް ޝެޑިއުލް 6 ފުލައިޓް އެއާޕޯޓަށް ޖައްސައި ފުރާއިރު ސްކޭނަރު ހަލާކުވެފައިވާ ހުރުމުން ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ކޮންމެ ހަފްތާއަކު އިންޓަނޭޝަނަލް 2 ފުލައިޓްގެ ދަތުރުކުރާއިރު، މެނުއަލުކޮށް ލަގެޖުތައް ޗެކްކުރަން ޖެހުމުން ރައްކާތެރިކަމާ މެދުވެސް ސުވާލު އުފެދޭކަމަށް އޭނާ ބުންޏެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ރައްޔިތުން ދަތުރުކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355