twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ކައުންސިލުން މިމަހު 23 ގައި ރައްޔިތުންނާ ބައްދަލުކުރަނީ

Feb 11, 2018

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާގޮތަށް، ކުޅުދުއްފުށީގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބާއްވާ ބައްދަލުވުން މިމަހު 23 ގައި ބާއްވާނެކަމަށް ކައުންސިލުން ބުނެފި އެވެ.

މި ބައްދަލުވުން އޮންނާނެ ގަޑިއެއް އަދި ނިންމާފައެއްނުވެ އެވެ. މިދިޔަ އަހަރުވެސް ކައުންސިލުން ވަނީ ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފަ އެވެ.

ކައުންސިލުން ބުނީ އާންމުކޮށް ހުޅުވާލާއިގެން ބާއްވާ މިބައްދަލުކުރެވުމުގެ ކުޅުދުއްފުށީގެ ރައްޔިތުން ފިޔަވާ ކުޅުދުއްފުށީގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.

ކުޅުދުއްފުއްޓަކީ ގިނަ އަދަދެއްގެ އެހެން ރަށްރަށުގެ ރައްޔިތުންވެސް ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވަމުން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ ރަށުގައި ދިރިއުޅޭ އެެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ބައްދަލުވުމުގައި ބައިވެރިވުމަށް ހުރަހެއް ނެތް ކަމަށެވެ.

ރައްޔިތުންނަށް މަޢުލޫމާތު ދިނުމާ ބެހޭގޮތުން ލޯކަލް ކައުންސިލް ގާނޫނުގެ 110 ވަނަ މާއްދާގައި ވަނީ “ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީ އާއި ޖުލައި މަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެއެވެ. މިގޮތުން ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހަޅަން ވާނެއެވެ. އަދި ޖުލައި މަހުގައި ބާއްވާ ޢާއްމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދަން ވާނެއެވެ. މިގޮތުން ރައްޔިތުންނާއި ބައްދަލުކުރުމުގެ 7 (ހަތެއް) ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕްލޭންތަކާއި ބަޖެޓުގެ މަޢުލޫމާތު ޢާއްމުކޮށް ހާމަކުރަންވާނެއެވެ. މީގެ އިތުރުން ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ކައުންސިލުން އާންމުކޮށް ހާމަކުރަންވާނެ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355