twitterviber whatsapp telegramfacebookyoutube instagram
18th February 2026

ކަރަންޓް ކަނޑަނީ ހެނދުނު 10 ން ހަވީރު 5 އަކަށް

Feb 12, 2018

ކުޅުދުއްފުއްޓަށް ކަރަންޓް ފޯރުކޮށްދެމުންދާ އެއް މެގަވޯޓްގެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ރަށުގެ އެކި ހިސާބުތަކުންދަނީ ކަރަންޓް ކަނޑަމުންނެވެ. ކަރަންޓް ކަނޑާތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވަނިކޮށް ފެނަކައިން މިއަދު މިވަނީ ކަރަންޓް ކަނޑާ ވަގުތު ހާމަކޮށްފަ އެވެ.

ކަރަންޓް ކަނޑާ ވަގުތުތައް އެނގޭނެ ފަދަގޮތެއް ހަދައިދިނުމަށް ގިނަ ބަޔަކު އެދުމުންދަނިކޮށް ފެނަކަ ކުޅުދުއްފުށީ ބުރާންޗުން މިއަދު ހާމަކުރި އިއުލާނެއް ބުނެފައިވަނީ އިންޖީނަށް ދިމާވި މައްސަލައާ ގުޅިގެން ރަށުގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަމުންދަނީ ހެނދުނު 10 ން ހަވީރު 5 އަށް ކަމަށެވެ. އެގޮތުން ކަރަންޓް ކޮންމެ ސަރަހައްދަކުންވެސް ކަރަންޓް ކަނޑާލާފައިހުންނަނީ ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ކަމަށް އެއިއުލާނުގައިވެ އެެވެ.

ކުޅުދުއްފުށިން ކަރަންޓް ކެނޑޭތާ 2 ހަފްތާ، ހިދުމަތްތަކަށް ބުރޫއަރާފަ، ރައްޔިތުން ރަތަށް !

ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކު ކަރަންޓް އައުމުގެ ކުރިން ބޭނުންކުރައްވާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކް ހުރިހާ އެއްޗަކުން ސްވިޗް އޮފް ކޮށްފައި ބެހެއްޓުމަށް ފެނަކައިން އެދެ އެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން މާފަށް އެދޭކަމަށާއި އަދި ކުޅުދުއްފުށީގެ ރައްޔިތުންގެ ކިބައިން ލިބެމުންދާ އެއްބާރުލުމަށް އެފަރާތުން ވަނީ ޝުކުރުއަދާކޮށްފަ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355