ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަައަށް ވަގުތީ ހައްލެއް ހޯދުމަށް 800 ކިލޯ ވޯޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ބުނެފި އެވެ.
އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ފެނަކައިން ބުނެފައިވަނީ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ކުންފުނިން 800 ކިލޯވޯޓުގެ ޖަނަރޭޓަރު ސެޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އަދި 1 މެގަ ވޯޓުގެ ޖަނަރޭޓަރު ސެޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ސްޕެއާރ އިއްޔެ ވަނީ ރާއްޖެ ގެނައުމަށް ޑިސްޕެޗް ކުރެވިފަކަމަށެވެ.
އެގޮތުން އެތަކެތި ރާއްޖެ އަންނާނެ ކަަމަށް ލަފާކުރެވެނީ 18 ފެބްރުއަރީ ގައި ކަމަށާއި އެތަކެތި ލިބުމުން 1 މެގަ ވޯޓް ޖަނަރޭޓަރު ސެޓު މަރާމާތުކޮށް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެެވެ.
ކުޅުދުއްފުއްޓަށް މިހާރު ކަރަންޓް ފޯރުކޮށްދެމުން އަންނަނީ 1 މެގަ ވޯޓު ގެ ޖަނަރޭޓަރު ސެޓަކާއި، 800 ކިލޯ ވޯޓު ގެ 2 ޖަނަރޭޓާރު ސެޓުންނެވެ.
ކަރަންޓް ކަނޑަނީ ހެނދުނު 10 ން ހަވީރު 5 އަކަށް
މިހާރުވެސް ލޯޑް އެންމެ މަތިވާ ގަޑިތައްކަމަށްވާ ހެނދުނު 10 ން ހަވީރު 5 ދެމެދު ރަށުގެ ހަތަރު ބައި ކުޅަ އެއްބައިގެ ސަރަހައްދުން އަންނަނީ އެކި ވަގުތުތަކުގައި ކަރަންޓް ކަނޑަމުންނެވެ.