twitterviber whatsapp telegramfacebookyoutube instagram
8th June 2025

މެރިޓައިމް އެކަޑެމީން ހދ އަތޮޅުގެ 4 ރަށެއްގައި ނިޔަމިކަމުގެ ކޯހެއް ހިންގައިފި

Feb 13, 2018

މެރިޓައިމް އެކަޑެމީ އޮޕް މޯލްޑިވްސް އިން ހދ އަތޮޅުގެ 4 ރަށެއްގައި ނިޔަމިކަމުގެ ކޯހެއް ކުރިއަށް ގެންގޮސްފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން މެރިޓައިމް އެކަޑަމީގެ ފަރާތުން ހއ، ހދ އަދި ށ އަތޮޅަށް ހަމަޖައްސަވާފައި ހުރި ކޯޑިނޭޓަރ ވަސީމް ވިދާޅުވީ މި ކޯސްތައް ކުރިއަށް ގެންދިއަޔީ ފެބްރުއަރީ 1 ން 12 އަށް ކުޅުދުއްފުށި، ނެއްލައިދޫ، މަކުނުދޫ އަދި ވައިކަރަދޫގަ ކަމަށެވެ.

މި 4 ރަށުގައިވެސް ކުރިއަށް ގެންގޮސްފައިވަނީ ނިޔަމިކަމުގެ ސެޓްފިކެޓް ލެވެލް 2 ގެ ކޯހެއެވެ.

ހުރިހާ ރަށެއްގައި ވަކިވަކިން ކުރިއަށްގެންދިޔަ މި ކޯސްތަކުގައި ޖުމްލަ 115 ދަރިވަރުން ބައިވެރިވި މި ކޯހުގައި ކިޔަވައި ދެއްވީ މެރިޓައިމް އެކަޑަމީގެ ބޭފުޅުންނެވެ.

ވަސީމް ވިދާޅުވީ އަންނަ މަހު ކުޅުދުއްފުށީ އަދި މަކުނުދޫގައި ވެސް ސެޓްފިކެޓް ލެވެލް 2 ގެ އިތުރު ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި މި ދެ ރަށުގެ އިތުރުން އެހެން ރަށްރަށުގައިވެސް މި ކޯސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ކޯސް ކުރިއަށް ގެންދަން ބޭނުންވާ ރަށްރަށުން 7791934 މި ނަންބަރަށް ގުޅުއްވުމަށް އެފަރާތުން އެދެއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com