މި މަހު 10 ވަނަ ދުވަހު ދުވަހު ބަންގްލަދޭޝްއިން ރާއްޖެއައި 23 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފައިވަނީ މިމީހާގެ އަމަލުތައް ހުރިގޮތުން އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މީނާގެ ލަގެޖުންނެވެ.
އެގޮތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގުޅަތަކެއް ރައްކާކޮށްފައިހުރި ފުޅިތަކެއް ލަގެޖުން ފެނިފައިވާއިރު މި ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އެމްފެޓަމައިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިފުޅިތަކުގައި ޖުމްލަ 302 އެމްފެޓަމައިން ގުޅަ ރައްކާކުރެވިފައިވެއެވެ.
މި ތަކެތި އެތެރެކުރަން އުޅުނު މީހާ ފުލުހުންނާ ހަވާލުކުރެވިފައިވާއިރު އެފަރާތުން ދަނީ މިމައްސަލަ އިތުރަށް ތަޙްޤީގް ކުރައްވަމުންނެވެ.
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ނުވަތަ ރާއްޖެއިން ބޭރުކުރުމުގެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއިއެކު 1 ލައްކަ ރުފިޔާ އިން ފެށިގެން 1 މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.