twitterviber whatsapp telegramfacebookyoutube instagram
8th May 2024

6 އަހަރުގެ މެދުކަނޑުމަކަށްފަހު ޖަލާލުއްދީން ސްކޫލް އޯޕަން ޑޭ ބާއްވަނީ

Feb 14, 2018

6 އަހަރުގެ މެދުކެނޑުމަކަށްފަހު ޖަލާލުއްދީން ސްކޫލްގެ އޯޕަން ޑޭ ބޭއްވުމަށް އެސްކޫލުން ނިންމައިފި އެވެ.

އެ ސްކޫލްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފާ މި އޯޕަން ޑޭ އޮންނާނީ 16 ފެބްރުއަރީ ވާ ހުކުރު ދުވަހު ހަވީރު 16:30 ން 18:15 އަށް އަދި 17 ފެބްރުއަރީ ވާ ހޮނިހިރު ދުވަހު ހެނދުނު 8:00 ން 12:00 ށެވެ.

ހުރިހާ ގްރޭޑެއްގެ ދަރިވަރުން ބައިވެރިވާ މި އޯޕެންޑޭގައި ފެނިގެންދާނީ ދަރިވަރުންގެ އަމިއްލަ އުފެއްދުންތަކެވެ.

އެ ސްކޫލްގެ އަހަރީ ދުވަހާއި ގުޅުވައިގެން ހާއްސަ އެސެމްބްލީއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖަލާލުއްދީން ސްކޫލް ހުޅުވާފައިވަނީ 15 ފެބްރުއަރީ 1998 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355