twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޤައުމީ ގަދަ ދިހައެއްގައި ޖަލާލުއްދީންގެ 7 ދަރިވަރަކު، އަފީފުއްދީންވެސް ވަނީ ކުރިއެރުންތަކެއް ހޯދާފަ

Feb 14, 2018

2017 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ގައުމީ ގަދަ ދިހައެއްގައި ޖަލާލުއްދީން ސްކޫލު 7 ދަރިވަރަކު ހިމެނިއްޖެ އެވެ.

ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވާ ޖޭއެސްގެ ދަރިވަރުންނަށް ބަލާލާއިރު ފަސް އޭ ސްޓަރ އާޢި ތިން އޭ ހޯދައިގެން ހަތަރު ވަނައަށް ގޮސްފައިވަނީ ފާތުމަތު ސަޙާ މުހައްމަދެވެ. ތިން އޭ ސްޓަރ އާއި ފަސް އޭ ހޯދައިގެން ހަވަނަ އަހުމަދު އިބުރާހިމެވެ. ގައުމީ ގަދަ ދިހައެއްގެ 7 ވަނައަށް އެސްކޫލުގެ ދެ ދަރިވަރަކު ގޮސްފައިވެ އެވެ. އެއީ އަހުމަދު އާދަމް އާއި ފާތިމަތު ރިފާ މޫސާ އެވެ. މި ދެ ދަރިވަރުންނަށްވެސް ލިބިފައިވަނީ ތިން އޭ ސްޓަރ އާއި ހަތަރު އޭ އަދި އެއް ބީ އެވެ. ތިން އޭ ސްޓަރ އާއި ތިން އޭ އަދި 2 ބީ އާއެކު އަށްވަނާގައި ސަމްހާ މޫސާ އުޅޭއިރު ދިހަ ވަނައަށްވެސް ދެ ދަރިވަރަކު ގޮސްފައިވެ އެވެ. އެއީ އެއް އޭ ސްޓަރ އާއި ފަސް އޭ އަދި ދެ ބީ ހޯދައިގެން އައިމިނަތު އަހުމަދާއި މުހައްމަދު މިރާސް އަބުދުލް ހަމީދެވެ.

ޖަލާލުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ ނަތީޖާތަކަށް ބަލާލާއިރު ދަސްވާރާ ނުލައި ހަތް މާއްދާއިން ފާސްވެފައިވާ ނިސްބަތްވަނީ 80 އިންސައްތައަށްވުރެ މައްޗަށް އަރާފަ އެވެ. މިއީ ފާއިތުވި އަހަރުތަކާ އަޅައި ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. ދަސްވާރު 100 އިންސަތަ ދަރިވަރުން ފާސްވެފައިވެ އެވެ. މީގެ އިތުރުން ބީޓެކް ހޮސްޕިޓާލިޓީއިންވެސް 100 އިންސަތަ ފާސްވެފައިވެ އެވެ. އޭގެ ތެރެއިން ދެ ދަރިވަރަކު ވަނީ ޑިސްޓިންގޝަން ސްޓަރ ހޯދާފަ އެވެ.

އޯލެވަލްގައި އަފީފުއްދީން ސްކޫލުވެސް ކުރިއެރުންތަކެއް ހޯދާފަ

މިދިޔަ އަހަރު އޯލެވަލްގައި އަފީފުއްދީންވެސް ވަނީ ކުރިއެރުންތަކެއް ހާސިލްކޮށްފަ އެވެ. އެގޮތުން ފަސް މާއްދާއިން ފާސްވި އިންސަތަށް ވަނީ އިތުރުވެފަ އެވެ. އެގޮތުން 2016 ވަނަ އަހަރަށްވުރެ 8 އިންސަތަ ވަނީ ކުރިއަރާފަ އެވެ.

2017 ވަނަ އަހަރު 5 މާއްދާއިން ފާސްވެފައިވަނީ 73.53 އިންސައްތަ ދަރިވަރުންނެވެ. 2016 ވަނަ އަހަރު ފާސްވެފައިވަނީ 65.50 އިންސައްތަ ދަރިވަރުންނެވެ. އަދި 3 މާއްދާއަށްވުރެ ގިނައިން ފާސްވި ނިސްބަތް މިދިޔަ އަަހަރު އުޅެނީ 100 އިންސައްތައިގަ އެވެ. 2016 ވަނަ އަހަރު އެނިސްބަތް އުޅެނީ 93.10 ގަ އެވެ.

އެގޮތުން ވަކިވަކި މާއްދާތަކަށް ބާލާލާއިރު ދިވެހިން ޖުމްލަ 69.70 އިންސައްތަ ދަރިވަރުން ފާސްވެފައިވާއިރު، އިސްލާމުން 76.70 އިންސައްތަ ދަރިވަރުން ފާސްވެފައި ވެއެވެ. އިގިރޭސިން 40.0 އިންސައްތަ، ހިސާބުން 68.80 އިންސައްތަ އަދި ކެމިސްޓްރީން 66.70 އިންސައްތަ ދަރިވަރުން ފާސްވެފައިވާއިރު ބިޒްނަސް ސްޓަޑީސް އަދި އިކްނޮމިކްސް އިން 50 އިންސައްތަ ދަރިވަރުން ވަނީ ފާސްވެފައެވެ.

ފިޒިކްސްއިން 90 އިންސައްތަ ދަރިވަރުން ފާސްވެފައިވާއިރު 80 އިންސައްތަ ދަރިވަރުން ވަނީ ކޮމްޕިއުޓަރުން ފާސްވެފައެެވެ. އަދި ބަޔޮލޮޖީ، މެރިންސައިންސް އިން 100 އިންސައްތަ ފާސްލިބިފައި ވެއެވެ.

2016 ވަނަ އަހަރު ނޭޝަނަލް ޓޮޕްޓެންގެ 1 ވަނާގައި އަފީފުއްދީންގެ ދަރިވަރަކު ހިމެނިފައިވާ އިރު ޓޮޕްޓެންގެ 4 ވަނާގައި ވެސް އެސްކޫލްގެ 4 ދަރިވަރަކު ވަނީ ހިމެނިފަ އެވެ. އެހެންނަމަވެސް މިދިޔަ އަހަރު އެސްކޫލުގެ އެއްވެސް ދަރިވަރަކު ނޭޝަނަލް ޓޮޕްޓެންގައި ހިމެނިފައެއް ނުވެެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355