twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޖަލާލުއްދީން ސްކޫލް: ތައުލީމީ ހިދުމަތުގައި 20 އަހަރު

Feb 15, 2018

ރާއްޖެތެރޭގައި މަތީ ސާނަވީ ތައުލީމު ފުޅާކުރުމުގެ ގޮތުން ސަރުކާރުން އުތުރުގައިި ގާއިމުކުރި މިސްކޫލަކީ ތައުލީމީ އިންގިލާބެއް މިސަރަހައްދަށް ގެނެސްދިން ސްކޫލެކެވެ. ސާނަވީ އަދި މަތީ ސާނަވީގެ އެތަށް ފުރުސަތުތަކެއް ހުޅުވި ތައުލީމީ އާ ހަރުފަތަކަށް ދިއުމުގެ މަގުފަހިކުރުވި ސްކޫލަކަށެވެ. ނޮދަރ ސެންޑަރީ ސްކޫލުގެ ނަމުގައި 1998 ވަނަ އަހަރުގެ ފެބުރުއަރީމަހު މި ސްކޫލް ހުޅުވައިދެއްވީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫނު އަބުދުލްޤައްޔޫމެވެ.

20 އަހަރުވުމުގެ މުނާސަބަތުގައި އެސްކޫލުގައި މިއަދު ވަނީ ހާއްސަ އެސެމްބުލީއެއް ބާއްވާފަ އެވެ. ދަރިވަރުންނާއި މުވައްޒަފުންނާ ބައިވެރިވި މި ހާއްސަ އެސެމްބުލީ ޝަރަފްވެރިކޮށްދެއްވީ ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރ އަދި އެސްކޫލުގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއިލެވެ.

ޖޭއެސްގައި މިއަދު ހެނދުނު ބޭއްވި ހާއްސަ އެސެމްބުލީގައި އަލީ އިސްމާއިލް ވާހަކަދައްވަނީ–

މިރަސްމިއްޔާތުގައި އަލީ އިސްމާއިލް ވަނީ ޖަލާލުއްދީން ސްކޫލުގެ ތާރީހްގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައި އެވެ. އެގޮތުން އެސްކޫލުގެ ހަޔާތުގައި ތައުލީމީ ގޮތުން އެތަނަށް އައިސްފައިވާ ކުރިއެރުންތަކާއި ބަދަލުތަކުގެ މައްޗަށް އޭނާވަނީ ވާހަކަދައްކާފަ އެވެ.

މިރަސްމިއްޔާތުގައި ޖޭއެސްގެ ޑެޕިއުޓީ ޕްރިންސިޕް އައިމިނަތު މުހައްމަދުވެސް ވަނީ ވާހަކަދައްކާފަ އެވެ. އޭނާ ވާހަކާގައި ސްކޫލުގެ ޓީޗަރުންނާއި މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.

މިއަދު ހެނދުނު ޖޭއެސްގައި ބޭއްވި ހާއްސަ އެސެމްބުލީގެ ތެރެއިން–

އަހަރީދުވަހާ ގުޅުވައިގެން ތަފާތު ހަރަކާތްތަކެއް ސްކޫލުގައި ހިންގުމަށްވަނީ ހަމަޖެހިފައި އެވެ.

މިއަދަށް ވިހި އަހަރު ފުރުނުއިރު އެޑިއުކޭޝަން މިނިސްޓްރީ މިހާރު ނިންމަވާފައިވަނީ ޖަލާލުއްދީން ސްކޫލަކީ ހަމައެކަނި މަތީ ސާނަވީއަށް ހާއްސަ ސްކޫލެއްގެ ގޮތުގައި  ކަނޑައަޅާއެކަން ތަންފީޒުކުރަން ފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355