twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގޮނޑި ނުގެއްލޭކަމަށް ކުރި ހުކުމް ފަސްކުރުމުން ޓްރާންޕޭރެންސީއިން ކަންބޮޑުފާޅުކޮށްފި

Feb 19, 2018

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާގުޅޭގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުމާމެދު ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2018 ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ކުރި ހުކުމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ފެށުމަށް ރައްޔާރުވެ، އެ 12 މެމްބަރުންނަކީވެސް މަޖިލީހުގެ މެންބަރުން ކަމުގައި ކަނދާއަޅާ މަޖިލީހުގެ މަދަމާގެ ޖަލްސާގެ ނޯޓިސްވެސް ފޮނުގައިވަނިކޮށް ސުޕްރީމް ކޯތުގެ 3 ފަނޑިޔާރުންގެ މަޖިލީހުން ފަސްކުރުމަށް ނިންމި ނިންމުމަކީ އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.

އެގޮތުން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއިން ތިންބާރު ވަކިކޮށްފައިވާ މި ދިމިކްރާތީ ނިޒާމުގެ މައްޗަށް، ދައުލަތުގެ އެއްބާރުން އަނެއްބާރުގެ މައްޗަށް ނުފޫޒުފޯރުވަމުން ދިއުމުގެ ސަބަބުން، ގެއްލިފައިވާ އިތުބާރު އަނބުރާ ކަށަވަރުކުރުމަށްޓަކައި، ކަންކަން ނިންމުމުގައި ސިޔާސީ ތައައްސުބުން ދުރުވެ، ގާނޫނު އަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށދީފައުވާ އަސާސީ ހައްގުތަކާއި މިނިވަންކަމަށް އިސްކަން ދިނުމަށް އެ ޖަމިއްުޔާއިން ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އެ ހުކުމުގެ ސަބަބުން އެ 12 މެމްބަރުންގެ ހައްގުތަކުގެ އިތުރުން، އެ މެންބަރުން ތަމްސީލްކުރާ ދާއިރާތަކުގެ އެތައް ހާސް ރައްޔިތުންނެއްގެ ހައްގުތަލަށްވެސް އިހުމާލުވެވޭކަމަށާއި މިކަމުގެ ސަބަބުން ގާނޫނީގޮތުން ނުތަނަަވަސްކަން އުފެދިފައިވާ މިދަނޑިވަޅުގައި ކަންކަން އިތުރަށް ހައްސާސްވެގެން ދިއުމުގެ ފުރުސަތު އޮތްކަމަށް އެ ޖަމިއްޔާއިން ދެކޭކަމަށެވެ.

އަދި ރާއްޖޭގައި އުފެދިފައިވާ ގާނޫނީ އަދި ދުސްތޫރީ ކާރިސާއިން ގައުމު އަރައިގަތުމުގެ ނިޔަތް އިސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ހަމަކޮންމެ މެމްބަރެއްގެ ދާއިރާގެ ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށްހިތާ، ރައްޔޮތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް އެ މެމްބަރުންގެ ގާނޫނީ ޒިންމާ އަދާކުރެވޭނެގޮތަށް ކަންކަން ހަމަޖެއްސުމަށް، އެ ޖަމިއްޔާއިން ދައުލަތަށް ވަނީ ގޮވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355