twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި

Feb 19, 2018

ކުޅުދުއްފުށީ މަގުތަކުގެ ތާރުއެޅުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި އެވެ.

18 މަގުގައި ތާރުއަޅަން ހަމަޖެހިފައިވާއިރު މި މަޝްރޫއުގެ ދަށުން 16 މަގެއްގައި މިހާރު ވަނީ ތާރު އަޅާ ނިންމާލާފައި އެވެ. މިހާރު ކުރިއަށްދަނީ ރަށުގެ އެންމެ ކާރުބާރު ބޮޑު މަގުގައި ކަމަށްވާ ބަންޑާރަމަގުގައި ތާރުއެޅުމުގެ މަސައްކަތެވެ.

މި 18 މަގުގެ ތެރޭގައި ވަރަށް ކުދި މަގު ބުރިތައްވެސް ހިމެނެ އެވެ. އެގޮތުން ދިރާގުގެ ތިން ފަރާތުގެ ވާ ކުދިން މަގުތައް ފާހަގަކޮށްލެވެ އެވެ. ބަންޑާރަމަގު ނިންމާލުމަށްފަހުން ދެން ހަދަން ފަށާނީ އުތުރު ބަނދަރު ސަރަހައްދުގެ ދެ ބައެކެވެ. އެތަނުގައި ތާރު އަޅަން ނިންމާފައިވަނީ ދެ މަގެއްގެ ގޮތުގަ އެވެ.

ގިނަ މަގުތަކެއްގައި ތާރުއަޅާ ނިންމިފައިވާއިރު ޕޭވްމެންޓް ގާ އަތުރާ މުޅިން  ނިންމާލެވިފައިވަނީ ދެ ތިން މަގެއްކަން ފާހަގަކުރެވެ އެވެ.

54 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުގެ ދަށުން 5.6 ކިލޯމީޓަރުގައި ތާރު އަޅާނެކަމަށް އެމްއާރުޑީސީން ކުރިން ބުނެފައިވެ އެވެ.

ކުޅުދުއްފުށީގެ މަގު ހެދުމުގެ މަޝްރޫއުއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެށި މަޝްރޫއުއެކެވެ. ނަމަވެސް އޭރު އޮތީ ގައު އަތުރަގެން މަގުތައް ހަދަން ކަމުގައިވީނަމަވެސް ރައީސް ވަހީދުގެ ވެރިކަމުގެ ތާރަށް ބަދަލުކޮށް އަމީނީމަގުގެ މަސައްކަތް ނިންމާލި އެވެ. މިމަސައްކަތް އެންމެ މަޑު ޖެހުނީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް މިހާރު ވަރަށް ބާރަށް މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355