twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ޤައުމީ ކުރުވާހަކަ އަދި މަޒުމޫން ލިއުމުގެ މުބާރާތުން ޖަލާލުއްދީން ސްކޫލަށް ކާމިޔާބީތަކެއް!

Feb 26, 2018

މިދިޔަ އަހަރު ބޭއްވި ޤައުމީ ކުރުވާހަކަ ލިއުމާއި މަޒުމޫން ލިއުމުގެ މުބާރާތުން ޖަލާލުއްދީން ސްކޫލުން ވަނަތަކެއް ހޯދައިފި އެވެ.

އެގޮތުން އައްޝައިޚް މަލިކް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބޭއްވި 31 ވަނަ ކުރުވާހަކަ ލިއުމުގެ ގައުމީ މުބާރާތުގެ 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން އެ ސްކޫލްގެ 5 ދަރިވަރަކު ބައިވެރިވެ ސްކޫލަށް ވަނީ 2 ވަނަ ލިބިފައެވެ.

މީގެ އިތުރުން އުމުރުފުރާއިން 2 ވަނަ އަދި 2 ވަނަވެސް އެސްކޫލުން ވަނީ ހޯދާފައެވެ. މި އުމުރު ފުރާއިން ދެވަނަ ހޯދާފައިވަނީ މުހައްމަދު އަހުމަދެވެ. އަދި 3 ވަނަ ހޯދާފައިވަނީ ނަޝާތު މުހައްމަދެވެ. ކުރުވާހަކަ ލިއުމުގައި ދެން ބައިވެރި ވެފައިވަނީ މަރިޔަމް އަބްދުއްރަހީމް، ރުހުޝަތު އަހުމަދު އަދި މުހައްމަދު ޝާފީ އެވެ.

އަލްއުސްތާޛް މުހައްމަދު ޖަމީލްދީދީގެ ވާދައިގެ ތައްޓަށް ބޭއްވި 34 ވަނަ ގައުމީ މަޒުމޫން ލިޔުމުގެ މުބާރާތުގަ އެވެ. މި މުބާރާތުގެ 16 އަހަރާއި 21 އަހަރާއި ދެމެދުގެ އުމުރު ފުރައިން އެ ސްކޫލުން ވަނީ 3 ވަނަ ހޯދާފަ އެވެ. މަޒުމޫން ލިއުމުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ޝާހިދު ހަސަން، ސުހާ އަބްދުއްރަހުމާން، އިބްރާހިމް މުހައްމަދު، އަހުމަދު ރަޝީދު އަދި މުހައްމަދު އިހްސާނެވެ.

މި ދެ މުބާރާތުގައިވެސް އެސްކޫލުން ބައިވެރިވެފައިވަނީ އޭލެވެލްގެ ދަރިވަރުންނެވެ. މި ދެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ މިމަހު 22 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355