twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޕޭވްމެންޓް ގާތަކެއް ކުޅުދުއްފުށިން ގެންދަން އުޅެނިކޮށް ހުއްޓުވައިފި

Mar 3, 2018

ކުޅުދުއްފުށީ ގޮނޑުދޮށުން ވެލިނަގައިގެން ހެދި ޕޭވްމަންޓް ގައު ތަކެއް ކުޅުދުއްފުށިން ބޭރުކުރަން އުޅެނިކޮށް ކައުންސިލަރުން ނިކުމެ އެކަން ހުއްޓުވައިފި އެވެ. އެނގިފައިވާގޮތުގައި ގާ ތައް ގެންދަން އުޅުނީ ކުޅުދުއްފުށީ މަގުތައް ހަދަން ހަވާލުކޮށްފައިވާ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ސިއެރާއިން ނެވެ.

އަތޮޅުތެރޭގެ ރަށްރަށުގެ މަގު ހެދުމަށް ބޭނުންވާ ވެލި ނަގަނީ އެރަށެއްގެ ހިންގާ މަޝްރޫއުތަކަށް އެކަނި ބޭނުންކުރުމަށެވެ. އެކަމަށް މިނިސްޓްރީން އެކުންފުންޏަކަށް ހާއްސަ ހުއްދައެއްވެސް ދޫކޮށްފައި އޮވެ އެވެ.

ބުރާސްފަތިދުވަހުގެ ރޭ ހިނގި މިހާދިސާގައި ގާ ތައް ގެންދަން އުޅުނީ ހދ އަތޮޅުގެ އެހެން ރަށަކަށެވެ. ނަމަވެސް އެރަށަކީ މަގު ހެދުމުގެ މަސައްކަތް ހިންގަމުންދާ ރަށެއް ނޫން ކަން ފާހަގަކުރެވެ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވީ، ކުޅުދުއްފުށީ ގޮނޑުދޮށުން ނަގައިފައި ހުރި ވެލީގައި އަޅާފައި ހުރި ޕޭވްމަންޓް ގާ ތަކެއް ބޭރުކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ކައުންސިލަރުން ބަނދަރަށް ގޮސް އެކަން ހުއްޓުވާފައިވާ ކަމަށެވެ.

އަލީ ހާޝިމް ވިދާޅުވީ 30 ޖަމްބޯ ބޭގްގެ ޕޭވްމަންޓް ގާ ބޯޓަށް އަރުވަން ތައްޔާރުކޮށްފައިހުރި ކަމަށާއި އެތަނުން ބައެއް ޖަމްބޯތައް ދޯންޏަށް އަރުވާފައިވާ ކަމަށެވެ. ކައުންސިލަރުން އެތަނުން އައީ ބޭގްތައް އަލުން ރަށަށް ބޭލުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު އެ ގާ ތައް ތާރު އަޅާފައިވާ ބައެއް މަގުތަކުގެ ޕޭވްމަންޓްގައި އަތުރަން މަގުތަކުގައު ބަހައްޓާފައިވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355