twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނޮޅިވަރަމްފަރުގެ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި

Mar 10, 2018

ނޮޅިވަރަމްފަރުގައި ގާއިމް ކުރާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްްޓްރީ އޮޕް އެންވަރަމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމެވެ.

އެރަށުގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރި ތާރީހުންފެށިގެން 486 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި އެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރު ޖޫން 18 ގަ އެެވެ.

މިއީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ)ގެ ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދު ކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މިމަޝްރޫއަށް 44 މިލިއަނަށް ވުރެގިނަ ރުފިޔާ ހަރަދު ވާނެއެވެ.

މިމަޝްރޫޢުގެ ދަށުން ހދ. ނޮޅިވަރަންފަރުގައި ނަރުދަމާ ވިއުގަ ޤާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމުކުރުމާއިއެކު މި ނިޒާމްގެ އިދާރީ މަސައްކަތަށް އެޑްމިނިސްޓްރޭޓިވް ޢިމާރާތެއް އެޅުމަށް ހަމަޖެހިފައިވެއެވެ.

އެންވައިރޮންމަންޓް މިނިސްޓްރީއިން ބުނީ މި މަޝްރޫޢަށް ފައިސާ ހަމަޖެއްސުމަށްފަހު ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ޢަމަލީ މަސައްކަތް ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާފައިވަނީ ފަންޑިންގ އެޖެންސީ ގެ ބެލުމުގެ ދަށުން އިންޓަރނޭޝަނަލް ޓެންޑަރގެ ތެރެއިންނެވެ.

މިގޮތުން މި މަޝްރޫޢުގެ ޑިޒައިން މަސައްކަތާއި ޓެންޑަރ ޑޮކިއުމަންޓު ތައްޔާރުކުރުމުގެ މަސައްކަތް ރިޔަން ކޮންސަލްޓަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355