twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސިއްހީ ދާއިރާގެ މުވައްޒަފުން ތާޒާކުރުމުގެ ގޮތުން ހިންގި ދެވަނަ ވޯކްޝޮޕް ނިންމާލައިފި

Mar 10, 2018

ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ތާޒާކުރުމަށް ކުޅުދުއްފުށީގައި ހިންގި ދެ ވަނަ ވޯކްޝޮޕް ނިންމާލައިފި އެވެ.

ހދ. އަތޮޅު ހެލްތް ސާރވިސަސް ފަރާތުން ‘ރިފްރެޝަރ ޓްރެއިނިންގ ވޯކްޝޮޕް ފޮރ ހެލްތް ކެއަރ ޕްރޮވައިޑަރސް އިން ހދ އެޓޯލް’ ގެ ނަމުގައި ތިން ދުވަހަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕުގައި ހދ އަތޮޅުގެ 6 ރަށަކުން ބައިވެރިވި އެވެ.

މިފަހަރު ވޯކްޝޮޕް ބޭއްވިފައިމިވަނީ ހދ އަތޮޅުގެ ނޮޅިވަރަމް، ނޮޅިވަރަންފަރު، ވައިކަރަދޫ، ކުމުންދޫ، ނޭކުރެންދޫ އަދި މަކުނުދޫއަށެވެ. މި ވޯކްޝޮޕްގެ ފުރަތަމަ ބުރު ކުރިއަށްގެންދިޔައީ މިދިޔަ ފެބުރުއަރީމަހު އެވެ. އެފަހަރު ކުރިއަށްގެންދިޔައީ ހދ އަތޮޅުގެ އަނެއް 6 ރަށުގެ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށެވެ.

މި ވޯކްޝޮޕްގައި ހދ އަތޮޅު ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތް ކުރައްވާ ސިޔާސީ އިސްވެރިން، މަރުކަޒުތަކުގެ ޒިންމާދާރު ވެރިން، ކޮމިއުނިޓީ ހެލްތް އޮފިސަރުން، ފެމެލީ ހެލްތް އޮފިސަރުން އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރުން ބައިވެރިވެފައިވެއެވެ.

ހދ ގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތާޒާކުރުމަށް ވޯކްޝޮޕެއް ބާއްވައިފި

މިވޯކްޝޮޕްގައި ހދ އަތޮޅު ހެލްތް ސާރވިސަސްގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތްތަކާއި ހަދަންޖެހޭ ރިޕޯޓްތައް އެކުލަވާލާނެ ގޮތާއި ބެހޭގޮތުން މައުލޫމާތު ދެވިފައިވެއެވެ. މިވޯކްޝޮޕްގައި މައުލޫމާތު ދީފައިވަނީ މި ސާރވިސަސްގެ މުވައްޒަފުންގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355