twitterviber whatsapp telegramfacebookyoutube instagram
18th April 2026

މިލަންދޫގައި ސާފު ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މިނިސްޓަރ ތޯރިޤް ފައްޓަވައިދެއްވައިފި

Mar 11, 2018

ށ. މިލަންދޫގައި ސާފު ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓް ފައްޓަވައިދެއްވީ އެންވަރަމަންޓް މިނިސްޓަރ ތޯރިޤް އިބުރާހިމެވެ.

މިމަޝްރޫއުގެ ދަށުން އެރަށުގެ 29 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމްކުރާނެ އެވެ. އަދި ގަޑިއަކު 10 ޓަނުގެ ފެން އުފައްދާ ދެ އާރު.އޯ ޕްލާންޓްވެސް މި ޕްރޮޖެކްޓްގެ ދަށުން ބެހެއްޓޭނެއެވެ.

މިލަންދޫގައި ސާފު ފެނުގެ ނިޒާމްގެ މަސައްކަތް ފައްޓަވައދެއްވަނީ–

މިލަންދޫގައި ބަހައްޓާ އާރުއޯ ދެ ޕްލާންޓުން ދުވާލަކު 164 ޓަނުގެ ފެން އުފެއްދޭނެކަމަށް އެންވާރަމެންޓް މިނިސްޓްރީން މައުލޫމާތުދެ އެވެ. މި މަޝްރޫއު ނިމޭއިރު މިލަންދޫގެ ހުރިހާ ގޭބީސީއަކަށާއި މުއައްސަސާތަކަށް ސާފު ފެނުގެ ހިދުމަތް ދެވިގެންދާނެ އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި އެންމެނަށް ރައްކާތެރި ސާފު ފެން ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މިލަންދޫގެ އިތުރުން ހދ ހަނިމާދޫ، އަދި ހއ ހޯރަފުށީގައި މި މަޝްރޫއުވަނީ މިދިޔަ ހަފްތާތެރޭގައި މިނިސްޓަރ ތޯރިޤް ފައްޓަވައިދެއްވާފަ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355