ކުޅުދުއްފުށީގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ އަލީ މުހަންމަދު މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
އަލީ މުހަންމަދު މިއަދު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަން ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒްކުރުމަށް ގޮވާލައި ކުޅުދުއްފުށީގައި އެމްޑިޕީ ކުރިއަށްގެންދާ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އަލީ މުހަންމަދު އުޅެ އެވެ.
ފުލުސް އޮފީހުން ނިކުތުމަށް ފަހު ކޭއޯއަށް މައުލޫމާތު ދެމުން އަލީ މުހަންމަދު ބުނީ އޭނާ ފުލުހަށް ހާޒިރުކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތަށް ކަމަށެވެ. ނަމަވެސް އޭނާ އެ ތުހުމަތު ދޮގުކުރެ އެވެ.
6 މާރޗުގައި ކުޅުދުއްފުށީ އެމްޑީޕީ ހަރުގޭގައި އޮތް ހަވީރުގެ ސަޔެއް ކުރިއަށްދިޔަ ވަގުތު އެތަނަން ފުލުހުން އައުމުން 1 ފެބްރުއަރީގައި ސްޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ކުރި ހުކުމް ތަންފީޒުކުރުމަށް ފުލުހުންގެ ގާތުގައި ބުނިކަމަށާއި އިތުރު އެއްވެސް ކަމެއް އެތަނުގައި ހިނގާ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިނުވާނެ ކަމަށް އަލީ ބުންޏެވެ.
1 ފެބްރުއަރީގައި ސްޕްރީމް ކޯޓުން ކުރިން ހުކުމް ތަންފީޒުކުރުމަށް ގޮވާލައި ކުޅުދުއްފުށީގައި ބާއްވާ ހަރަކާތްތަކަށް ފުލުހުން ދަނީ ހުރަސް އަޅަމުންނެވެ.