twitterviber whatsapp telegramfacebookyoutube instagram
18th April 2026

ހޯރަފުށީގައި ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފި

Mar 12, 2018

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހޯރަފުށީ ޕޮލިސްޓޭޝަނުން އެރަށުގައި ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

މި އޮޕަރޭޝަންގައި އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލާފައި ވެއެވެ.

މާރޗް 5ވަނަ ދުވަހުގެ 16:30ން 18:00 ކުރިއަށް ގެންދިޔަ މިއޮޕަރޭޝަން ގައި ޖުމްލަ 85 އުޅަނދު ބަލާފާސްކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފްވެފައިވާ 4 ފަރާތަކާއިމެދު ފިޔަވަޅުއަޅައި ނަސޭހަތްތެރިވެފައިވެއެވެ.

މޮ އޮޕަރޭޝަނަކީ ހޯރަފުށީގައި ދުއްވާ އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، ހޯރަފުށީގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355