twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަފީފުއްދީން ސްކޫލުގެ ބީޓެކް ދަރިވަރުން ސޮނެވާފުއްޓަށް !

Mar 12, 2018

އަފީފުއްދީން ސްކޫލުގައި ބީޓެކު ހޮސްޕިޓާލިޓީ ކިޔަވަމުންދާ 31 ދަރިވަރަކު ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މިމަހުގެ 8އިން 10އަށް ސޮނެވާފުއްޓަށް ޒިޔާރަތްކޮށްފިއެވެ.

މި ދަތުރުގެ މަގުސަދަކީ، އަފީފުއްދީން ސްކޫލުގައި ބީޓެކް ހޮސްޕިޓާލިޓީ ކިޔަވަމުންދާ ދަރިވަރުންނަށް ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި މަސައްކަތްތައް ކުރެވެމުންދާގޮތާއި، އެދާއިރާގައި ދަރިވަރުންނަށް ހުރި ފުރުސަތުތައް ބުނެ ދިނުމާއެކު ރިސޯޓު މާހައުލަކީ ދަރިވަރުންނަށް އައުމާހައުލެއްގެ ގޮތުގައި އޮތްއޮތުން ނައްތާލުމެވެ. ހަމަ މިޔާއެކު ދަރިވަރުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުންކަމަށް އެސްކޫލުން މައުލޫމާތުދެ އެވެ.

އަފީފުއްދީން ސްކޫލުގެ ދަރިވަރުން ސޮނޭވާފުށީގައި–

މިދަތުރުގައި ބައިވެރިވެފައިވަނީ އެސްކޫލުގެ ގުރޭޑު 9 އަދި 10ގައި ބީޓެކް ކިޔަވަމުންދާ 27 ފިރިހެންދަރިވަރަކާއި 4 އަންހެން ދަރިވަރުންނެވެ. މިދަތުރުގައި ސޮނޭވާފުއްޓަށް ޒިޔާރަތްކޮށް އެރިސޯޓުގައި އެކި މަސައްކަތްތައް ހިނގާ ނުހިނގާ ގޮތާމެދު މައުލޫމާތު ހޯދުމުގެ އިތުރުން އެ ރިސޯޓުގެ އެކި ހިސާބުތަކަށް ދަރިވަރުން ޒިޔާރަތް ކުރިކަމަށް އަފީފުއްދީނުން މައުލޫމާތު ދިނެވެނެވެ.

އަފީފުއްދީން ސްކޫލުގެ ދަރިވަރުން ސޮނޭވާފުށީގައި–

އަދި ހަމަ މިއާއެކު ސޮނޭވާފުށީގެ އިސްބޭފުޅުން ވަނީ ދަރިވަރުންނަށް ކެރިއާ ގައިޑެންސްގެ ގަޑިތަކެއް ނަންގަވާދެއްވާފައެވެ. މިދަތުރުގެ ބައިވެރިންވަނީ ދަރަވަންދޫގެ ބައެއް ގެސްޓު ހައުސްތަކަށް ޒިޔާރަތްކޮށްވެސް މައުލޫމާތު ހޯދާފައި ވެއެވެ.

މިދަތުރު އިންތިޒާމުކުރުމުގައި މިނިސްޓްރީ އޮފް އެޑީޔުކޭޝަނާއި އުފާއޮފީހުން ލިބިގެންދިޔަ ފުރިހަމަ އެއްބާރުލެއްވުން އަފީފުއްދީން ސްކޫލުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ. ހަމަމިޔާއެކު މިދަތުރުގައި ސޮނެވާފުށީގެ މެނޭޖްމަންޓުން ލިބިގެން ދިޔަ އަގުނުކުރެވޭފަދަ އެހީތެރިކަމާ ފުރިހަމަ އެއްބާރުލެއްވުންވެސް ޢަފީފުއްދީން ސްކޫލުގެ ފަރާތުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.

އަފީފުއްދީން ސްކޫލުގެ ދަރިވަރުން ސޮނޭވާފުށީގައި–

މިދަތުރަކީ ޢަފީފުއްދީން ސްކޫލުގެ ފަރާތުން ބީޓެކު ދަރިވަރުންނާއެކު ކުރެވުނު ފުރަތަމަދަތުރެވެ. 2016ވަނަ އަހަރުން ފެށިގެން އަފީފުއްދީން ސްކޫލުގައި އަންނަނީ ބީޓެކު ހޮސްޕިޓާލިޓީ ކިޔަވައި ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355