twitterviber whatsapp telegramfacebookyoutube instagram
17th December 2025

އަތޮޅު ޤުރުއާން މުބާރާތް މަކުނުދޫއަށް ބަދަލުކޮށްފި

Mar 12, 2018

ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތް މަކުނުދޫއަށް ބަދަލުކޮށްފި އެވެ.

މުބާރާތް މަކުނުދޫއަށް ބަދަލުކޮށްފައިވަނީ މުބާރާތް ހޯސްޓްކުރުމަށް ކުލަބް ޖަމިއްޔާތަކަށާއި ކައުންސިލްތަކަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތްތަކުން މުބާރާތް ބާއްވަން ޝައުގުވެރިކަންފާޅުކޮށްފައިނުވުމުން، ކުޅުދުއްފުށީގައި ބާއްވަން ނިންމުމަށް ފަހު އެވެ.

ނަމަވެސް ޤުރުއާން މުބާރާތް މަކުނުދޫއަށް ބަދަލުކޮށްފައިމިވަނީ ކުޅުދުއްފުށީގައި މުބާރާތް ބާއްވަން ބޮޑު ހަރަދުތަކެއް ކުރަން ޖެހޭތީކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފް މިއަދު ކޭއޯއަށް ވިދާޅުވީ ޤުރުއާން މުބާރާތް މަކުނުދޫއަށް ބަދަލުކޮށްފައިވަނީ ކުޅުދުއްފުށީގައި މުބާރާތް ބާއްވަން ބޮޑު ހަރަދެއް ކުރަން ޖެހޭތީ ކަމަށެވެ.

” ރޫމް ހޯދުމުގައިވެސް ދަތިތަކެއް އެބަހުރި. 250ރ – 700ރ ދެމެދުގެ ރޫމް ކުޅުދުއްފުށިން ލިބެން މިހުރީ. ހުރިހާ ދަރިވަރުންނަށް އެއް ފެންވަރެއްގެ ރޫމް ހޯދުމުގެ ދަތިތަކެއްވެސް އެބަހުރި. އެހެންކަމަށްވާނަމަ އެއީވެސް ދިމާވާނެ މައްސަލައެއް”. އާތިފް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ޤުރުއާން މުބާރާތް ބާއްވަން ބޮޑު ހަރަދެއް ހިންގާކަން ފާހަގަކުރައްވަމުން އާތިފް ވިދާޅުވީ އަލުން އަނެއްކާވެސް ޝައުގުވެރިކަން ހުރި ރަށްރަށުގެ ކައުންސިލްތަކާ ވާހަކަ ދައްކައިގެން ބާއްވާނެ ރަށެއް ކަނޑައެޅީކަމަށެވެ. އެގޮތުން ޝައުގުވެރިވީ މަކުނުދޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ މުބާރާތް ބާއްވަން ތާވަލުކޮށްފައިވަނީ އޭޕްރީލްމަހުގެ ފުރަތަމަ ހަފްތާގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355