twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޑަބްލިއު ސްޕޯޓްސް އެކަޑެމީގެ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

Mar 19, 2018

ކުޅުދުއްފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ބާއްވާ އިންޓަރ އޮފީސް ވޮލީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައފި އެވެ.

މި މަހު 13 ން 23 އަށް މުބާރާތުގައ ބައިވެރިވުމަށް ހުޅުވާލާފައިވާއިރު މުބާރާތުގައި ބައިވެރިވުމަށް ހުށައަޅާ ފޯމާއި މުބާރާތުގެ ގަވައިދު ޑަބްލިއު ސްޕޯޓްސް އެކަޑެމީގެ ފޭސްބުކް ޕޭޖުން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

މިއީ ހަމައެކަނި ފިރިހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބަރާތެއް ކަމަށާއި މި މުބާރާތުގައި އޮފީހުން ބޭރު 3 ކުޅުންތެރިއެއް ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް އޮންނާނެ ކަމަށް އެ އެކަޑެމީން މައުލޫމާތު ދެއެވެ.

ނަމަވެސް އެތަނުން އެއް ކުޅުންތެރިއަކު ވާންވާނީ ކުޅުދުއްފުށީގެ ކުޅުންތެރިއަކަށް ކަމަށާއި އަދި 2016، 2017 ވަނަ އަހަރު ގައުމީ ވޮލީބޯލް މުބާރާތުގައި ކުޅިފައިވާ ކުޅުންތެރިއެއް ޓީމް ގައި ނުހިމެނޭނެ މުބާރާތުގެ ގަވައިދުގައި ވެއެވެ.

ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް މިއަހަރު ހާއްސަކޮށްފައިވަނީ އޯޓިޒަމް ކުދިންނަށެވެ. އެގޮތުން މުބާރާތުގެ ތެރެއިން އޯޓިޒަމް ކުދިންނަށް ހާއްސަކޮށްގެން އެކި ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މަގުސަދަކީ ރަށުގައި ވޮލީ އާލާކޮށް، ޒުވާނުންގެ މެދުގައި ވާދަވެރި ކުޅިވަރަކަށް ހެދުމާއި މި ކުޅިވަރާމެދު ޒުވާނުންގެ ހިތުގައި ލޯބި ޖެއްސުންކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މީގެ ކުރިންވެސް އެ އެކަޑަމީން އިސްނަގައިގެން ކުޅުދުއްފުށީގައި ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ޑަބްލިއު އެސް އޭ 3 އޮން 3 ބާސްކެޓްބޯލް ޗެލެންޖާއި، އޭއީސީގައި ބޭއްވުނު ބާސްކެޓްބޯލް ޓްރެއިނިންގް ކޭމްޕާއި، ހޭންޑްބޯލް ކޯޗަސް ޓްރެއިނިން ޕްރޮގްރާމްއަކާއި އަދި މި އެކެޑެމީއިން ކުޅުދުއްފުށީގައި ބޭއްވި އެންމެ އަގުބޮޑު އެންމެ ގިނަ ޓީމްތައް ބައިވެރިވި އެއް އިވެންޓް ކަމުގައިވާ ޑަބްލިއު އެސް އޭ ވިމެން ފުޓްސެލް ފިއެސްޓާގެ އިތުރުން މި އަހަރު ބޭއްވި ޑަބްލިއު ރަން އަދި އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް ފާހަގަ ކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355