twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސްކޫލްތަކަށް ޓެބްލެޓް ފޮނުވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: އެޑިއުކޭޝަން

Apr 1, 2018

ވަރަށް އަވަހަށް ސްކޫލް ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓްތައް ސްކޫލް ތަކަށް ފޮނުވުމުގެ މަސައްކަތް ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއު ވިދާޅުވީ އެކި ޝިޕްމެންޓްތަކަށް ބަހާލައިގެން ޓެބްލެޓްތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާއިރު އޭގެ ޓެބްލެޓްގެ ބޮޑު ބައެއް މިހާރު ރާއްޖެ ގެނެސްފައިވާކަމަށެވެ.

އެޑިއުކޭސަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހާމަކުރިގޮތުގައި ވަރަށް އަވަސް މުސްތަގުބަލެއްގައި ސްކޫލްތަކަށް ޓެބްލެޓްތައް ފޮނުވުމުގެ މަސައްކަތް ފަށާނެއެވެ.

އެޑިއުކޭސަން މިނިސްޓްރީ އިން ސްކޫލްތަކުގައި ބޭނުންކުރުމަށްް ގެންނަނީ ” ހުވާވޭ ” ބްރޭންޑްގެ މީޑިއާ ޓީ 3 ޓެބްލެޓެވެ. 8 އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭހެން އުފައްދާފައިވާ މި ޓެބްލެޓަކީ ސްކޫލުތަކުގައި އުނގަންނައިދިނުމަށް އެންމެ އެކަށީގެންވާ ޓެބްލެޓްކަމަށާއި، ހުވާވޭ އަކީ ރަނގަޅު އެސްޓޭބްލިޝްޑް އެއްކަމަށެވެ.

އަދި ޓެބްލެޓް ހޯދާފައިވަނީ ދެ އަހަރުދުވަހުގެ ވޮރެންޓީއާއި، ޕުރޮޓެކްޓިވް ކަވަރާއި، ސްކްރީން ކަވަރުގެ އިތުރުން ހެޑްފޯނާއި ވެސް އެކުގައި އެވެ. ޓެބްލެޓްތައް ފޯރުކޮށްދޭއިރު އެހުރިހާ ތަކެއްޗެއްވެސް ދަރިވަރުންނަށް ހަވާލުކުރާނެ ކަމަށް ކަމަށް ޝަފީއު ވިދާޅުވިއެވެ.

ދެވަނަ ޓާމްގެ ކިޔެވުން ފަށާއިރު ދަރިވަރުން ޓެބްލެޓްގެ ބޭނުން ކުރަން ފަށާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން މުދައްރިސުން އަހުލުވެރި ކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ވަނީފަށާފައެވެ. އެގޮތުން މުދައްރިސުންނަށް އަމާޒުކޮށްގެން ހާއްސާ ތަމްރީންތަކެއް ކުރިއަށް ގެންދިޔަކަމަށް އެޑިއުކޭސަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ސްކޫލްތައް ޑިޖިޓަލައިޒްކުރުމުގެ މަޝްރޫއުގެ ދަށުން، ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓް ގެންނަނީ މެކްސްކޮމް ޓެކްނޮލޮޖީއާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން ހަތްދިހަ ހާހަށްވުރެ ގިނަ ޓެބްލެޓް ގެނައުމަށްވަނީ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355