twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސްޕެއިންގެ ގޮނޑުދޮށަށް ލެއްގި ބޮޑުމަހުގެ ބަނޑުގައި 64 ޕައުންޑް ޕްލާސްޓިކް !

Apr 14, 2018

ސްޕެއިން ގޮނޑުދޮށަށް މަރުވެގެން ލެއްގި ސްޕާމް ވޭލް ލެއްގުމާ ގުޅިގެން އެންމެ ފުރަތަމަ ވެސް ސައިންސްވެރިން ބަލަން ބޭނުންވީ އޭތި މަރުވި ސަަބަބު ހޯދުމެވެ.

ކަނޑުގެ ދިރުންތަކަށް ދިމާވެފައިވާ އެންމެ ބޮޑު “ތްރެޓް” ކަމަށް ސްޕެއިން ގެ މާރސިޔާ ސިޓީގެ ޖެނެރަލް އޮޕް އެންވަރަމަންޓް ކޮންސްއެލޯ ރޮސައުރޯ ވިދާޅުވީ ކަނޑަށް އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ކަމަށެވެ.

ސްޕެއިންގެ ގޮނޑުދޮށައް ލައްގާފައިވަނީ ވަރަށް ޅަ ވޭލްއެއް ކަމަށާއި އޭތީގެ ބަނޑުން ޕްލާސްޓިކްގެ ބާވަތްތަކުގެ އިތުރުން ދަލާ، ވާ ފަދަ ތަކެތިވެސް ފެނިފައިވާ ކަމަށް ސައިންސް ވެރިން ވަނީ ހާމަކޮށްފައެވެ. ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރޭގައި ކޮތަޅާއި ފުޅިފަދަ ތަކެތިވެސް ފެނިފައިވާކަމަށްވެސް ބުނެފައި ވެއެވެ.

ބޮޑުމަހުގެ ބަނޑުން ފެނިފައިވާ ޕްލާސްޓިކް ކޮތަޅުތަކެއް–

މި ވޭލް މަރުވެފައިވަނީ ޕެރިޓޮބައިޓިސް ކިޔާ އެބްޑޮމިނަލް އިންފެކްޝަނެއްގެ ސަބަބުން ކަމަށާއި މި އިންފެކްޝަންގެ ސަބަބުން އޭގެ ބަނޑުގައި ހުރި ތަކެތި ޑައިޖެސްޓް ކުރުމަށް އުނދަގޫވެ، ހަޖަމުކުރާ ނިޒާމުގައި މައްސަލަ ޖެހިގެން ކަމަށެވެ.

ސައިންސްވެރިން ބުނެފައިވަނީ މިކަމުގެ ސަބަބުން ނުރައްކަލަށް ހުށައެޅިފައިވަނީ ހަމަ އެކަނި ވޭލް ނޫންކަމަށާއި ކަނޑުގެ ހުރިހާ ދިރުންތައް ކަމަށެވެ. މިހާރު ވެސް ގާތްގަނޑަކަށް 150 މިލިއަން ޓަނުގެ ޕްލާސްޓިކް ކަނޑުގެ މަތީގައި ދަރުއުވަމުން ދާ ކަމަށާއި އޭގެތެރެއިން 8 މިލިއަން ޓަނުގެ ޕްލާސްޓިކް ކޮންމެ އަހަރަކު ކަނޑުގެ ލޮނުގަނޑު ތެރެއަށް ދަމާގަންނަ ކަމަށް ވޯލްޑް އެކޮނިމިކް ފޯރަމުން ބުނެފައި ވެއެވެ،

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355