twitterviber whatsapp telegramfacebookyoutube instagram
1st November 2025

ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްފަހުގައި މުޅިން އަލަށް ތިން ޑިގްރީ ކޯހެއް ފަށަނީ!

Apr 14, 2018

ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި މި އަހަރުގެ ދެވަނަ ޓާމުގައި މުޅިން އަލަށް ތިން ޑިގްރީ ކޯހެއް ފެށުމަށް އިއުލާނުކޮށްފި އެވެ.

އެއީ، ބެޗްލަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ އާއި، ބެޗްލަރ އޮފް ނާސިން އަދި ބެޗްލަރ އޮފް ޓީޗިން ސްޕެޝަލް އެޑިޔުކޭޝަން އެވެ.

މި ކޯސްތަކުގެ އިތުރުންވެސް ޔުނިވާސިޓީގެ ތަފާތު ފެކަލްޓީތަކުގެ 22 ކޯހަކަށް ވަނީ ޖާގަ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޔުނިވާސިޓީގެ ތަފާތު ނުވަ ފެކަލްޓީ އަކާއި ސެންޓަރުގެ ކޯސްތަކެވެ.

ދެވަނަ ޓާމުގެ ކޯސްތަކަށް ވަނުމަށް އެޕްލިކޭޝަން ބަލައިގަންނަން ފެށުމަށް ހަމަޖެހިފައިވަނީ 15 އޭޕްރީލް ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. އަދި ކޯސްތަކުން ޖާގަދިނުމަށް ހަމަޖެހިފައިވަނީ ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން ފޯމު ހުށަހަޅާ ތަރުތީބުންކަމަށް އެ ކެމްޕަހުން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީ ކެމްޕަހުގައި މި އަހަރުގެ ދެވަނަ ޓާމުގައި ފެށުމަށް އިއުލާނުކޮށްފައިވާ ހުރިހާ ކޯސްތަކުން ޖުމްލަ 680 ކުދިންނަށް ޖާގަދިނުމަށް ހަމަޖެހިފައިވެއެވެ.

މިހާރުވެސް ކުޅުދުއްފުށީ ކެމްޕަހުގައި 400 އެއްހާ ކުދިން ސެޓްފިކެޓް 3 ން ފެށިގެން މާސްޓަރޒް ލެވެލްގެ ކޯސްތަކުގައި ކިޔަވައެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީގެ ކުދިންނާއި އެހެނިހެން ރަށްރަށުގެ ކުދިން ހިމެނޭއިރު، ރަށުން ބޭރު ކުދިން ތިބުމަށް ދަނާލެއް ކެމްޕަހުގައި ހުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355