twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގައި އަލަށް ހަދާ ބަނދަރުގެ މަސައްކަތްކުރާނެ ބަޔަކު ހޯދަނީ

Apr 15, 2018

ކުޅުދުއްފުށީގައި އަލަށް ހަދާ ބަނދަރުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ހުޅުވާލައިފި އެވެ. ވެލިގަނޑު ސަރަހައްދުގައި ތަރައްގީކުރާ މިބަނދަރަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު( އޭޑީބީ) ލޯނު އެހީގައި ހަދަން ހަމަޖެހިފައިވާ ބަނދަރެވެ.

މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީ ހުޅުވާލާފައިވާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 180،00.000 ޑޮލަރު ބަހައްޓަން ޖެހެ އެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ކުރިމަތިލެވޭގޮތަށް ހުޅުވާލާފައިވާ މިބިޑުގެ ޕްރީބިޑް މީޓިން އޮންނާނީ އަންނަމަހުގެ ދެވަނަ ދުވަހު އެވެ. އަދި ބީލަން ހުޅުވަން ނިންމާލައިވަނީ މާރޗްމަހުގެ 22 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ކުޅުދުއްފުށީގައި ބޭއްވި “އުދުހޭ” ޖަލްސާގައި ވާހަކަދައްކަވަމުން ހައުންސިން މިނިސްޓަރ ޑރ މުހައްމަދު މުއިޒް ވިދާޅުވެފައިވަނީ ރާއްޖޭގައި ހަދައި އެންމެ ތަނަވަސް އަދި ބޮޑު ބަނދަރު ހަދަން ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި ކަމަށެވެ. 1100 ފޫޓް ދިގު 500 ފޫޓް ފުޅާ މި ބަނދަރުގެ މަސައްކަތް މިއަހަރުގެ މާރޗުމަހު ފަށާނެކަމަށް މިނިސްޓަރު ވަނީ އޭރު ވިދާޅުވެފަ އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި ހަދަން ހަމަޖެހިފައިވާ ބަނދަރަކީ އާދައިގެ ބަނދަރެއް ނޫން ކަމަށާއި ބަނދަރު ބޭރު ތޮށީގައިވެސް އޮޑި ދޯނި ފަހަރު އެޅޭގޮތަށް ވަރަށް ފުރިހަމައަށް ހަދައި ބަނދަރެއް ކަމަށެވެ. އަދި ބަނދަރުގެ އަރިމަތީ ތޮށީގައިވެސް ޖެޓީތަކެއް ލެވިފައި ހުންނަ ވަރަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިގެންދާ ބަނދަރެއްކަމަށެވެ.

ބަނދަރުގައި ޒަމާނީ ފެންވަރުގެ ފެރީ ޓާމިނަލެއް ހަދަން ހަމަޖެހިފައިވާއިރު އެތަނުގައި ތަފާތު ވިޔަފާރިތަށް ކުރެވޭގޮތަށް ހަމަޖެހިފައިވާނެ ކަމަށެވެ. އަދި ބަނދަރުން ބަލަހައްޓާނެ ގޮތާއި ބަނދަރުން ނަފާ ހޯދާނެ ގޮތުގެ ތަމްރީންވެސް ކަމާ ބެހޭ ފަރާތްތަކަށް ދޭނެކަމަށްވެސް މިނިސްޓަރު މުއިއްޒު ވަނި ވިދާޅުވެފަ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355