twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގައި ޑައިވިންގ ކޯސްތަކެއް ފަށަނީ

Apr 15, 2018

މަންދޫ ޑައިވްގެ ފަރާތުން ކުޅުދުއްފުށީގައި ޑައިވިންގ ކޯސްތަކެއް ފަށަން އިއުލާންކޮށްފި އެވެ.

ތިން ކޯހެއް އިއުލާންކޮށްފައިވާއިރު ކޯސްތައް ފެށުމަށް ހަމަޖައްސާފައިވަނީ ޖޫންގެ 1 ގަ އެވެ. އޯޕަން ވޯޓާރ ކޯހާއި، އެޑްވާންސް އޯޕަން ވޯޓާރ ކޯހާއި، ރެސްކިއު ކޯހެކެވެ.

މީގެ ކުރިންވެސް މިފަދަ ގިނަ ކޯސްތަކެއް މަންދޫ ޑައިވްއިން ކުޅުދުއްފުށީގައި ކުރިއަށްގެންގޮސްފައިވެ އެވެ. މަންދު ޑައިވްގެ ލީޑަރު މާހިރު ވިދާޅުވީ ގިނަ ބެލެނިވެރިންތަކެއްގެ އެދުމުގެ މަތިން މިއަހަރު ކޯސްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ސްކޫލު ބަންދު ދުވަސްވަރާ ދިމާކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޯޕަން ވޯޓާރ ކޯހާއި އެޑްވާންސް އޯޕަން ވޯޓާރ ކޯސް އެއްފަހަރާ ހަދާ ކުދިންނަށް ހާއްސަ އަގެއްގައި އެ ދެ ކޯސް ފުރިހަމަ ކުރެވޭނެ ކަމަށެވެ. ކޯސްތައް ފުރިހަމަ ކުރާ ފަރާތްތަކަށް އިންޓަނޭޝަނަލް ލައިސަންސް ލިބޭނެކަމަށްވެސް މާހިރު ވިދާޅުވި އެވެ. ކޯސްތަކުގައި ކިއްތަމެއް ކުދިން ބައިވެރިވި ނަމަވެސް ކޯސް ހިންގާނެކަމަށް މާހިރު ބުންޏެވެ.

ކުޅުދުއްފުށީގައި ކޯސް ހިންގޭ ވަރަށް ކުދިން ނުލިބިއްޖެނަމަ ކޯސްތައް ހިންގާނީ އއ. މަންދޫގައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭރުން އެކުދިންގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ މާންދޫ ޑައިވްގެ ފަރާތުން ކަމަށްވެސް މާހިރު ވިދާޅުވި އެވެ.

މާހިރު ވިދާޅުވީ ތިން ކޯހުގެ އިތުރުން ކޯސް ނަހަދައި ޑައިވްކޮށްލަން ބޭނުންވާ ފަރާތްތަކަށް ޑިސްކަވާ ސްކިއުބާ ޑައިވްކޮށްލުމުގެ ފުރުސަތުވެސް ކުޑަ އަގެއްގައި ހުޅުވާލާފަ އެވެ. އަދި ޑިސްކަވާ ސްކުބަރ ޑައިވް ހަދާ ފަރާތްތަކަށް 6 މަހުގެ ވެލިޑް ލައިސަންސެއް ލިބިގެންދާނެ އެވެ.

މާހިރު ވިދާޅުވީ މި ޕްރޮގުރާމްގެ ދަށުން ސްކޫލު ކުދިންނަށް ހިލޭ ފަރު ބަލާލުމުގެ ފުރުސަތު ހޯދާނެވޭނެ ގޮތަކާމެދު ވިސްނަމުންދާ ކަމަށާއި އެގޮތުން 10 އަހަރުގެ ކުދިންނަށް އިންޓްރޯ ޑައިވް ހަމަޖެހޭތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކޯސްތަކުގައި ކޮންމެ ރަށެއްގެ ކުއްޖަކަށްވެސް ބައިވެރިވެވޭނެ ކަމަށާއި ނަމަވެސް ހދ އާއި ށ އަތޮޅުގެ ކުދިންނަށް ހާއްސަ ކުރެވޭނެ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355