twitterviber whatsapp telegramfacebookyoutube instagram
26th July 2025

ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް އައިމިނަތު މުހައްމަދު !

Apr 16, 2018

ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް އައިމިނަތު މުހައްމަދު ހަމަޖައްސައިފި އެވެ.

އެމަގާމަށް އޭނާ ހަމަޖެއްސިއިރު ހުންނެވީ އެ ސްކޫލުގެ އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން، ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގަ އެވެ.

މާސްޓާސް އޮފް އެޑިއުކޭޝަން ފުރިހަމަކޮށްފައިވާއިރު އެންމެ ފުރަތަމަ އޭނާ ވަޒީފާ އަދާކުރައްވާފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ދިވެހި ޓީޗަރެއްގެ މަގާމެވެ. އެއަށްފަހު މާލެ ވަޑައިގެން ޓީޗިންގ ހެއްދެއްވުމަށްފަހު އެބުރި ރަށަށް ވަޑައިގެން ޖަލާލުއްދީން ސްކޫލާއި ގުޅުނީ 2002 ވަނަ އަހަރު ޓީޗަރެއްގެ ވަޒީފާއާ އެވެ.

ޖަލާލުއްދީން ސްކޫލުގެ އެކި މަގާމުތައް އޭނާ ފުރުއްވާފައިވާއިރު ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު ލިބިލެއްވީ 2016 ވަނަ އަހަރު އެވެ.

ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް އައިމިނަތު މުހައްމަދު ހަމަޖައްސާފައިވާއިރު މީގެ ކުރިންވެސް އެކި ދުވަސްވަރު އެސްކޫލް ހިންގެވުމާ އޭނާ ހަވާލުވެ ހުންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355