twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސްކައި ލޭންގެ ކެބިން ކްރޫ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

Apr 16, 2018

ސްކައިލޭން އޭވިއޭޝަން އެކަޑަމީން ކުޅުދުއްފުށީގައި މި މަހު 7 ން 12 އަށް ކުރިއަށް ގެންދިޔަ ކެބިން ކްރޫ ތަމްރީން ކުރުމުގެ ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

14 ބައިވެރިންނާއިއެކު ކުރިއަށް ގެންދިޔަ މި ކޯހުގައި 7 މޮޑިއުލެއް ކިޔަވާދީފައިވާއިރު ކޯހުގައި ކިޔަވާ ދެއްވީ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރައްވާފައިތިބި ތަޖުރިބާ ކާރު، އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީން އިންސްޓްރަކްޓާރ ލައިންސެންސް ލިބިފައިވާ ބޭފުޅުންނެވެ.

ކޯހުގެ ބައިވެރިން ބުނީ މި ކޯހުން ވަރަށް ގިނަ ކަންކަންތައް ދަސްވިކަމަށާއި ޕަސެންޖަރުންނަށް އެޓެންޓް ވުމުގެ އިތުރުން ބޯޓުގައި ކެބިން ކްރޫން ކުރަން ޖެހޭ އިތުރުން އެހެން ކަންކަންވެސް ދަސްވިކަމަށެވެ. މީގެ އިތުރުން ސަލާމަތީކަންކަމާއި މަތިންބޯޓުގެ އެކި ކަންކަން މި ކޯހުން ދަސްވިކަމަށް ބައިވެރިން މައުލޫމާތު ދިނެވެ.

ކުޅުދުއްފުށީގައި ހިންގި މި ކޯހަށް ލިބުނު ތަރުހީބު ވަރަށް ރަނގަޅު ކަމަށާއި ކެބިން ކްރޫ ކޯސްތަކުގެ އިތުރުން ވެސް އެހެން ކޯސްތައް ކުޅުދުއްފުށީގައި ހިންގުމަށް ވިސްނަމުން ދާކަމަށް ސްކައިލޭންއިން މައުލޫމާތު ދެއެވެ.

އެގޮތުން ފަސްޓް އެއިޑް އަދި ޕީޕަލް ސްކިލް މެނޭޖްމެންޓް ފަދަ ކޯސްތައް ފެށުމަށް ވިސްނަމުން ދާކަމަށާއި އެހެންނަމަވެސް އަދި ފަށާނެ ތާރީހެއް ކަނޑަނާޅާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ސްކައިލޭން އޭވިއޭޝަންއަކީ ސިވިލް ސާރވިސްގެ ލައިސެންސް ލިބިގެން ކޯސްތައް ކުރިއަށް ހިންގާ ފުރަތަމަ އެކަޑަމީ ކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355