twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޮމަންޑޫން 10 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފި

Apr 18, 2018

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ށ.ކޮމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

ޖުމްލަ 10 ހެކްޓަރުގެ ބިން އެރަށުގެ ފަޅުން ހިއްކާފައިވާއިރު ފަސްގަނޑު ހިފެހެއްޓުމަށްޓަކައި ރިވެޓްމެންޓް ޖެހުމުގެ ބައެއް މަަސައްކަތް މިހާރު ކުރިއަށް ދާ ކަމަަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެގޮތުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ނިންމާލާ ކޮމަންޑޫގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާލެވޭނެކަމަށް އެފަރާތުން މައުލޫމާތު ދެއެެވެ.

ސަރުކާރުން މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ހައުސިންގ މަޝްރޫޢުގެ ދަށުން ށ.ކޮމަންޑޫގައި 50 ހައުސިނގް ޔުނިޓް އެޅުމަށްވަނީ ހިމަނާފައެވެ. މި މަޝްރޫޢުއަކީ ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއުއެކެވެ

ކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތްފަށާފައިވަނީ 2012ވަނަ އަހަރުއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އެ މަސައްކަތް އަލުން ފެށީ މި ސަރުކާރުންނެވެ.

އެގޮތުން އެމްޓީސީސީ އާއި އެ މަސައްކަތް ހަވާލުކޮށް ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ މިމަހުގެ 5ވަނަ ދުވަހުއެވެ. އެމްޓީސީސީން މި މަސައްކަތް ފުރިހަމަ ކޮށްފައިވަނީ 10 ދުވަހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355