twitterviber whatsapp telegramfacebookyoutube instagram
1st November 2025

އެމެރީކާގެ ކުރީގެ ފަސްޓް ލޭޑީ ބާބްރާ ބުޝް އަވަހާރަ ވެއްޖެ

Apr 18, 2018

އެމެރީކާގެ ކުރީގެ ރައީސް ޖޯރޖް ހާރބާރޓް ވޯކާ ބުޝްގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ބާބްރާ ބުޝް އަވަހާރަ ވެއްޖެއެވެ.

1989 ން 1993 އަށް އެެމެރިކާހެ ފަސްޓް ލޭޑީގެ ގޮތުގައި ހުންނަނެވޮ ބާބްރާ އަވަހާރަވީއިރު އުމުރުފުޅަކީ 92 އެވެ.

ދަރިކަލުން ޖޯރޖް. ޑަބްލިއު ބުޝް މިއަދު ދެއްވި ސްޓޭޓް މެންޓެއްގައި މަންމާފުޅު އަވަހާރަވެއްޖެ ކަން ޔަގީންކޮށްދެއްވާފަ އެވެ.

މި ސްޓޭޓްމެންޓްގައި ބުނެފައިވަނީ ޖޯރޖް ބާބްރާ ބުޝް ސިފަކުރައްވާފައިވަނީ ވަރަށް ގިނަބަޔަކަށް އުފާވެރިކަން ދެއްވި ވަރަށް ތަފާތު ސަހްސެއްގެ ގޮތުގަ އެެވެ.

ޖޯރޖް. ޑަބްލިއު ބުޝް ވަނީ އެމެރީކާގެ ރައީސްކަން ދެ ދައުރު ކުރައްވާފަ އެެވެ. އަދި އެއީ އެމެރިކާގެ 43 ވަނަ ރައީސެވެ. ޖޯރޖް އެމެރިކާގެ ރައީސްކަމަށް ވަޑައިގަތީ 2000 ވަނަ އަހަރުއެވެ.

އަދި ބާބްރާގެ ދެވަނަ ދަރިކަލުން ޖޯން އެލިސް ބުޝް އަކީވެސް ފްލޮރިޑާގެ ގަވަރުނަރުކަން 1999 ން 2007 އަށް ކުރެއްވި ބޭފުޅެކެވެ. އަދި 2016 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބައިވެރިވެ އޭނާ ވަނީ ނާކާމިޔާބު ވެފައެވެ.

ބާބްރާ ބުޝް އަވަހާރަ ވުމާއި ގުޅިގެން ގިނަ ބަޔަކަު ދަނީ ތައުޒިޔާ ވިދާޅުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355