ށ. ފުނަދޫ ސްކޫލުގެ އިންޑިޔާގެ ޓީޗަރަކަށް އެސްކޫލުގެ ދަރިވަރަކު މާރާމާރީ ހިންގައި، ކަޓަރުން ބިރުދެއްކުމުން އޭނާ އެނބުރި ގައުމަށް ދާން ނިންމައިފި އެވެ.
އިންޑިޔާގެ ފިރިހެން ޓީޗަރަކަށް ދަރިވަރަކު މާރާމާރީ ހިންގައި ކަޓަރުން ބިރުދެއްކީ މިދިޔަ ބުދަ ދުވަހު އޭނާ ކިޔަވައިދޭން ކުލާހުގައި ހުންނަނިކޮންނެވެ.
ފުނަދޫން ވާހަކަދެއްކި މީހަކު ވިދާޅުވީ ބީޓެކް ކިޔަވާ އެކުލާހުގެ ދަރިވަރަކު ޓީޗަރަށް ހަމަލާދިނީ އެސައިންމެންޓްގެ މައްސަލައިގައި ކަމަށެވެ.
“އެސައިންމެންޓްތައް ޑިއުވާތީ ޓީޗަރުން ދެންނެވީ މުއްދަތުގެ ތެރޭގައި ނުނިންމައިފިނަމަ ސެޓްފިކެޓް ނުލިބޭނެކަމަށް، ދެން ދަރިވަރުން ހަޑިހުތުރު ބަހުން އެއްޗެހި ކިޔަމުންގޮސް އެތަނުން އެއް ކުއްޖަކު އުޅުނީ ގޮނޑި ޖަހަން. އެކަން އެނގޭ މީހަކު ކިޔައިދިނެވެ.
ގޮނޑިން ޖަހަން އުޅުމުން ކުލާސް ދޫކޮށްލާފަ އެކަމުގެ ޝަކުވާ ހިފައިގެން ސްކޫލުގެ ވެރިއެއްގާތަށް ޓީޗަރު ދިޔަކަމަށާއި އެކަމަކު އޭނާ ޓީޗަރަށް ދެންނެވީ ކުލާސް ކޮންޓްރޯލްކޮށްލުމަށާއި ރަނގަޅުވާނެ ކަމަށެވެ.
“ޓީޗަރު އެބުރި ކުލާހަށް ދިއުމުން ދަރިވަރަކު ކަޓަރު ނެގުމަށްފަހު ތިޔަހެން އުޅެންޔާ ކަޓަރޭ ހަމައަޅާނީ ބުނެ ބިރުދެއްކި. މަ ކަޓަރު އަޅައިފިނަމަ މި ކުލާހުގެ އެއްވެސް މީހަކު މަށޭ ކަޓަރު އެޅީ ނުބުނާނެ ކަމަށް ބުނެވެސް ބިރުދެއްކި.” ފުނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
” އަދި އެދަރިވަރު ތިމަންނައޭ ކަޓަރު އެޅީ ބުނާނަން ހޯ އަހަމުން ވަކިވަކިން އެހެން ކުދިން ގާތުވެސް އެހިކަމަށްވެ. އެހެން އެހުމުން ހުރިހާ ކުދިންވެސް ބުންޏޯ ނުބުނާނަމޭ.”
އެކަމާ ބިރުން ޓީޗަރު ކުލާހުން ދާން ފެށުމުން ބަޔޮލޮގީ ޕާސްޓް ޕޭޕަރު އެއްލައި، ޓީޗަރުގެ އުނަގަނޑު މަތީގައި އޭގެ ޖެހި ކަމަށް އޭނާ ބުންޏެވެ.
އެރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ ބީޓެކް ކިޔަވާ އެކުލާހުގައި ތިބެނީ 8 ވަރަކަށް ކުދިން ކަމަށާއި އާންމުގޮތެއްގައި އެކުލާހުގެ ކުދިން ފިލާވަޅުތައްވެސް ނުނިންމާ ކަމަށެވެ. އަދި އެކަމާ ހިތްހަމަ ނުޖެހިގެން ޓީޗަރުން އެކުލާހުގެ ދަރިވަރުންނާ ވާހަކަދެއްކުމުން ރުޅިވެރިކަމާއެކު މީގެ ކުރިންވެސް ޓީޗަރުންނަށް ރައްދީފައިވާކަމަށް އެމީހާ ބުންޏެވެ.
ބީޓެކް ކިޔަވައިދޭން އެޓީޗަރު އެރަށުގައި އުޅޭތާ މިހާރު ދެ އަހަރެއްހާ ދުވަސްވެފައިވާއިރު އޭނާ މިވަގުތު ހުރީ ގައުމަށް ދިއުމަށް މާލޭގަ އެވެ.