twitterviber whatsapp telegramfacebookyoutube instagram
18th June 2025
ADVERTISEMENT

ކޭއާރުއެޗުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި ނަރުހުންގެ އަގުވަޒަންކޮށްފި

May 13, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި ނަރުހުންގެ އަގުވަޒަންކޮށްފި އެވެ.

ބައިނަލް އަގްވާމީ ނަރުހުން ދުވަހުގެ މުނާސަބަތުގައި ރޭ ތިލަދެކުނު ސިނަމާގައި ބޭއްވި ނަރުހުންގެ ޑިނަރ ނައިޓްގައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތުގައި ތިއްބެވި 15 ނަރުހެއްގެ އަގުވަޒަންކުރައްވާފަ އެވެ.

ތަފާތު އެކި ހަރަކާތްތަކާއެކު ކުރިއަށްދިޔަ މި ޑިނަރ ނައިޓް ޝަރަފްވެރިކޮށްދެއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދެވެ.

ކޭއާރުެޗުގައި ނަރުހުން ދުވަހާ ގުޅުވައިގެން ބޭއްވި ޑިނަރ ނައިޓްގައި ނަޝީދު ވާހަކަދައްކަވަނީ–

ކޮންމެތާކު މަސައްކަތް ކުރަން ޖެހުނު ނަމަވެސް ނަރުހުން ވާންޖެހޭނީ އޯގާތެރި މީހުންނަށް އަޅާލައި ބަޔަކަށް ކަން ނަޝީދު ފާހަގަކުރެއްވި އެވެ. މަދުން ނަމަވެސް ނަރުހުންގެ ފަރާތުން ބަލި މީހުން ބޭނުންނުވާ ފަދަ ކަންތައްތައް ފެންނަމުންދާ ކަމަށާއި އެފަދަ ކަންތައްތައް ކުޅުދުއްފުށީ ހޮސްޕިޓަލުންވެސް ފެނިފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ.

އަދި ހަމަ އެހެންމެ ވަރަށް އޯގާތެރި ނަރުހުން ކުޅުދުއްފުށީ ހޮސްޕިޓަލުން ބައްދަލުވެފައިވާކަމަށް ވިދާޅުވެ، ހުރިހާ ނަރުހުންނަކީވެސް އޯގާތެރި ނަރުހުންނަށް ވުމަށް ނަޝީދު ގޮވާލެއްވި އެވެ. ނަޝީދު ވަނީ ނަރުހުންގެ މަސައްކަތްތަށް ތައުރީފުކުރައްވައި ހިތްވަރުދެއްވާފަ އެވެ.

ކޭއާރުއެޗުގެ ނަރުހުން ބޭއްވި ޑިނަރ ނައިޓްގެ ތެރެއިން–

މިރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ނަރުުހުންނާއި ކުޅުދުއްފުށީގައި ހުރި ސަރުކާރު މުވައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com