twitterviber whatsapp telegramfacebookyoutube instagram
3rd June 2026

މިއަހަރުވެސް ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދުކުރުން ސްޓޭޑިއަމްގަ

Jun 14, 2018

ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން ކުޅުދުއްފުށީ ސްޓޭޑިއަމްގައި ބާއްވާ ނިންމައިފި އެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ރޫޙުލް އަމީން އަބުދުﷲ އެވެ. ބޮޑު ޖަމާއަތުގެ އިތުރުން ކުޅުދުއްފުށީގައި ހުކުރުކުރާ ހަތަރު މިސްކިތުގައިވެސް އީދު ނަމާދުކުރުން އޮންނާނެ އެވެ.

މިއަހަރުވެެސް އީދު ނަމާދު ބޮޑު ޖަމާއަތު ސްޓޭޑިއަމްގައި ކުރުމަށް އިސްނަގައިގެން އުޅެނީ ހުސެއިން އަލީ އެވެ. އޭނާ ބުނީ މިކަމުގައި ކައުންސިލާއި ގިނަ ބައެއްގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ. އޭނާ ބުނީ ސްޓޭޑިއަމް ތައްޔާރުކުރަނީ 2600 އެއްހާ މީހުންނަށް ނަމާދުކުރެވޭނެ ގޮތަށެވެ.

ނަމާދުގައި ބައިވެރިނުވެވޭ އަންހެނުންނަށް ހުތުބާ އަޑު އެހުމުގެ ފުރުސަތު ހޯދައިދިނުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާނެކަމަށާއި އަދި ބަލި މީހުންނަށް ނަމާދުކުރޭވޭނެ ގޮތަށް ގޮނޑިވެސް ހުންނާނެކަމަށް ހުސެއިން މައުލޫމާތު ދެ އެވެ.

އޭނާ ބުނީ އީދު ނަމާދުކުރާ ތަން ތައްޔާރުކުރުމުގައި އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން 7947585 ނަމްބަރަށް ގުޅައިގެން ކުރިއަށްގެންދިއުމަށެވެ.

ރަސޫލާގެ ސުންނަތާ އެއްގޮތަށް އީދު ނަމާދު ހުސްބިމެއްގައި އެއް ޖަމާއަތެއްގެ ގިނަ ރަށްތަކެއްގައި އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355