twitterviber whatsapp telegramfacebookyoutube instagram
27th July 2025

އެންމެ މުހިންމުކަމަކީ ރާއްޖޭ އިގްތިސޯދީގޮތުން ވަރުގަދަ ގައުމަކަށް ހެދުން: އާތިފް

Jul 26, 2025

60 ވަނަ މިނިވަން ދުވަސް ފާހަގަކުރާއިރު މިއަދު ވިސްނަން ޖެހޭ އެންމެ މުހިންމުކަމަކީ ރާއްޖޭ އިގްތިސޯދީގޮތުން ވަރުގަދަ ގައުމަކަށްވުމަށްކަމުގައި ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

އިނގިރޭސީގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންވިތާ 60 އަހަރުވުން ފާހަގަކުރުމަށް މިއަދު ހެނދުނު ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި މިއަދު ފެންނަ މިއޮތީ ދިވެހި އެތައް ބަތަލުން ކުރެއްވި ހިތްވަރުގަދަ އަގުހުރި ޖިހާދުގެ ސަބަބުން ކަމުގައި އެވެ.

އޭރު ދިމާކުރި ގޮތަކުން ބޭރުގެ ޖަމާއަތަކުން ނުވަތަ ގައުމަކުން ރާއްޖެއާ ދިމާނުކޮށްދާނެ ކަމަށާއި ނަމަވެސް އެކި ގޮތްގޮތަށް ރާއްޖެއަށް ނުރައްކާތައް ކުރިމަތިވާ ކަމަށެވެ.

"ހަމައެއާއެކީގައި އަޅުގަނޑުމެންވެސް ވިސްނާލަން ޖެހޭ އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ ދިވެހިރާއްޖޭގައި ރަނގަޅު އިގްތިސޯދެއް ބިނާކޮށް މާލީގޮތުން ނުވަތަ އިގްތިސޯދީގޮތުން އަޅުގަނޑުމެން މިނިވަން ވަރުގަދަ ގައުމަކަށްވާން ޖެހޭކަން." މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، ރާއްޖޭގައި ވަރުގަދަ އިގްތިސޯދެއް ބިނާކުރުމަށް ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރާން ޖެހޭ ކަމަށާއި އަދި ރާއްޖޭގައި މީހުން ބިނާކޮށް އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ނުހަނު ބޮޑު އިސްކަމެއް ދޭން ޖެހޭކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މިއަދު ކޮންމެ ފަރުދެއްގެ ކޮނޑުގައިވެސް އެޅިފަ އޮތް ބޮޑު ޒިންމާއެއްކަމަށް ގަބޫލުކޮށް މިކަމަކަށް މަސައްކަތްކުރުމަކީ މިއަދު އަޅުގަނޑުކުރާ އިލްތިމާސްއެއް. ހަމައެއާއެކީގައި ފަރުދީ މިނިވަންކަން ރައްޔިތުންނަށް ހޯދައިދިނުމަކީވެސް މުހިންމުކަމެއްގެ ގޮތުގައި ފާހަގަކޮށްލާނަން. އާތިފް ވިދާޅުވި އެވެ.

"ފަރުދީ މިނިވަންކަން ބަރޯސާވާ މައިގަނޑު ކަމަކީ ހަގީގަތުގައި ފަރުދުންގެ އިގްތިސޯދީ ހާލަތު. ފަރުދުންގެ އިގްތިސޯދީ މިނިވަންކަން. ފަރުދެއްގެ ފުދުންތެރިކަން."

އަޅުގަނޑުމެންގެ މިއަދުގެ އެންމެ ބޮޑު މަސައްކަތަކީ އަޅުގަނޑުމެންގެ ރައްޔިތުންނަށް ދިރިއުޅެވޭނެ ތާހިރު ދިރިއުޅުމެއް އުޅެވޭނެ ބޯހިޔަވާހިކަމަކާއި އަސާސީ ހިދުމަތާއެކު ވަޒީފާގެ ފުރުސަތު ނުވަތަ އާމުދަނީ ލިބޭނެ ފުރުސަތައް ތަނަވަސްވާނެ ގޮތަށް މަސައްކަތްތަށް ބައްޓަންކުރުންކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355