މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއަށް ތާއީދުކޮށް ކެމްޕެއިނާ ގުޅިއްޖެ އެވެ.
ފައްޔާޒް އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރާ އާތިފް ގުޅިވަޑައިގެންނެވީ މިއަދު އެވެ. އަދި އޭނާ އަންނަނީ ފައްޔާޒްއާއެކު އައްޑޫގައި ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ކުޅުދުއްފުށީ މޭޔަރަކަށް ދެވަނަ ދައުރަކަށް މި އަހަރު އިންތިހާބުވެވަޑައިގެންނެވި އާތިފްއަކީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ސިޓީތައް ތަމްސީލުކުރައްވާ މެންބަރެވެ.
🔥 ފަޔާ ކެންޕެއިނަށް އިތުރު ބާރެއް 🔥
ކުޅުދުއްފުށީ ސިޓީ މޭޔަރ @ArthifKFCity އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް @faya_i އަށް ތާއީދުކޮށް ކެންޕެއިނާ ގުޅިއްޖެ
#Faya2028 #BoduBadhalu https://t.co/6HpuI1yy6c
— 🌴 އަސްޢަދު (@asadhaddu) October 18, 2026
ފައްޔާޒްގެ އިތުރުން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނީ އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު އަދި ކުރީގެ ނައިބުރައީސް ފައިސަލް ނަސީމެވެ.




