twitterviber whatsapp telegramfacebookyoutube instagram
28th August 2026

ކުޅުދުއްފުށީ ހައުސިން މަޝްރޫއުތައް އަވަސްކޮށްދެއްވުމަށް މޭޔަރު އާތިފް ސަރުކާރަށް ގޮވާލައިފި

ނަބީލާ އިސްމާޢީލް
Aug 27, 2026

ކުޅުދުއްފުއްޓަށް ވަމުންދާ އިހުމާލު ހުއްޓާލާ، ކުޅުދުއްފުށީގެ ހައުސިން މަޝްރޫއުތައް އަވަސްކޮށްދެއްވުމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ސަރުކާރަށް ގޮވާލައިފި އެވެ.

ސޯޝިއަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ވިދާޅުވީ ކުޅުދުއްފުށި ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަން ނެތުން ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ނިމިދިޔަ ސަރުކާރުން އިމާރަތްކުރަންފަށާފައިވާ 400 ހައުސިން ޔުނިޓުގެ މަސައްކަތް އޮތީ ސަރުކާރު ބަދަލުވުމާއިއެކު ހުއްޓާލާފައި ކަމަށާއި 2023 ވަނަ އަހަރު ސޭޕްޓެމްބަރު މަހުގައި ކޮންޓްރެކްޓަރ ފައިނޭންސްއިން ކުޅުދުއްފުށީގައި އެޅުމަށް ސޮއިކުރި 1000 ހައުސިން ޔުނިޓުގެ މަސައްކަތް ވީ ހިސާބެއްވެސް ނޭގެ ކަމަށެވެ.

އަދި ވެރިކަން ބަދަލުވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުގެ ދަށުން އެޅުމަށް ކަނޑައެޅި 2000 ހައުސިން ޔުނިޓު ވަގުތީ ކެމްޕޭން ބިންގަލެއް އެޅުމަށްފަހު، އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އާތިފް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް 1013 ދުވަސްވެފައިވާއިރު މި 2400 ހައުސިން ޔުނިޓުގެ މަސައްކަތް އެޗް.ޑީ.ސީ އާއި ހަވާލުކުރިތާ މިއަދަށް 1 އަހަރު ވެފައިވާކަން ފާހަގަ ކުރައްވާ މޭޔަރު ވިދާޅުވީ ކުޅުދުއްފުއްޓަށް ވަމުންދާ އިހުމާލު ހުއްޓާލައި މި މަޝްރޫއުތައް ކުރިއަށް ގެންގޮސްދިނުމަށް ސަރުކާރަށް ގޮވާލާ ކަމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355