twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޖަޕާނުން ރާއްޖޭގެ ސިއްހީދާއިރާ ތަރައްގީ ކުރުމަށް ބޮޑު އެހީއެއް !

Jun 17, 2018

ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްޤީއަށް ޖަޕާނު ސަރުކާރުގެ ފަރާތުން 2.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ. ޖަޕާން ސަރުކާރުން މި އެހީ ދީފައިވަނީ އެޤައުމުން ކުރިއަށްގެންދާ “ޖަޕަނީޒް އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ޕްރޮގްރާމް”ގެ ދަށުންނެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްޤީއަށް ހޭދަކުރުމަށްޓަކާ ދިން 2.7 މިލިއަން ޑޮލަރުގެ އެހީއާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމެވެ.

ފޮރިން މިނިސްޓަރ ޑރ. އާސިމް ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޖަޕާނުގެ ފޮރިން މިނިސްޓްރީގެ އިސްބޭފުޅުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވަނީ މި އެހީއާގުޅޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެޤައުމުގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯއެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޖަޕާނާއި ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމުގެ މަސްލަޙަތު ހިމެނޭ މުހިއްމު ކަންތައްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ފޮރިން މިނިސްޓަރ އާސިމް ޖަޕާނަށް ކުރަށްވާ މި ދަތުރުފުޅުގައި ޖަޕާނުގެ އެންވަޔަރަމަންޓް މިނިސްޓަރާއި، ޓޯކިޔޯގައި ހުންނަ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ، ޖައިކާގެ ރައީސްގެ އިތުރުން ޖަޕާން މޯލްޑިވްސް ފްރެންޑްޝިޕް ލީގުގެ ރައީސްއާއި ރާއްޖޭގެ ފޮރިން މިނިސްޓަރ ވަނީ ބައްދަލުކުރައްވާ، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ހަމައެހެންމެ މޯލްޑިވްސް ޖަޕާން ޑައިލޮގުގެ ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވާފައިވާއިރު، ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީއިން، ޓްރެވަލް ޓްރޭޓް މަންދޫބުންނަށް އަމާޒުކޮށް ބޭއްވި ސެމިނާއެއްގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މަސްދަރު: ފީއެސްއެމް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355