twitterviber whatsapp telegramfacebookyoutube instagram
29th May 2025

ކުޅުދުއްފުށީ ހޮސްޕިޓަލަށް ތިން ދާއިރާއަކުން ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަނީ

Jun 19, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާނެ ދިވެހި ޑޮކްޓަރުން ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފުލްޓައިމްކޮށް  މަސައްކަތްކުރާނެ ދިވެހި ޑޮކްޓަރުން ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ އެގޮތުން އެހޮސްޕިޓަލުގައި މަސައްކަތްކުރާނެ ތިން ދާއިރާއެއްގެ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަމުން އަންނަ ކަމަށެވެ. އެއީ ނިއުރޮލޮޖިސްޓަކާއި، ނެފްރޮލޯޖިސްޓަކާއި ކާޑިއޮލޮޖިސްޓަކު އެވެ.

އޭނާ ވިދާޅުވީ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށާއި އިއުލާންކޮށްގެން ޑޮކްޓަރުން ނުލިބިއްޖެނަމަ އައިޖީއެމްއެޗްގެ އެދާއިރާތަކުގެ ހާއްސަ ޑޮކްޓަރުން އެއްބަސްވުމުގެ ދަށުން ކުޅުދުއްފުއްޓަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިމަގާމުތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ ޑޮކްޓަރުންނަށް 54430 ރުފިޔާގެ މުސާރައަކާއި ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 430 ރުފިޔާ މިނިސްޓްރީންވަނީ ކަނޑައަޅާފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ މަގާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީންވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ޓާޝަރީ ފެންވަރަށް ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލު ތަރައްގީކުރެއްވުމަކީ ރައީސް ޔާމިންގެ ވައުދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355