ކުޅުދުއްފުށީ ފަޅުތެރޭގައި އަޅާފަ އޮތް “ސަންކެން” ލޯންޗު އަޑިއަށްގޮސް އޭގެ ހުރި ތެޔޮތައް މުޅި ފަޅުތެރެއަށް ފެތުރިއްޖެ އެވެ.
ސަންކެން ލޯންޗަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ބަލިމީހުން އުފުލުމަށް ބޭނުންކުރި ލޯންޗެކެވެ. ނަމަވެސް ފަހުން ޕްރޮވިންސް އޮފީހުން ކުޅުދުއްފުށީ ހޮސްޕިޓަލާ ލޯންޗު ހަވާލުކުރިއިރުވެސް އެ ލޯންޗުވަނީ ހަލާކުވެފައި އެވެ.
މަރާމާތުނުކޮށް ފަޅުތެރޭގައި ލޯންޗު އަޅާފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވަނިކޮށް އިއްޔެގެ ވަގުތެއްގައި ލޯންޗުވަނީ އަޑިޔަށްގޮސްފަ އެވެ.
ލޯންޗު އަޑިޔަށްގޮސް އޭގައި ހުރި ތެޔޮތައް ފަޅުތެރެއަށް ފެތުރިފައިވާއިރު އަދިވެސް ލޯންޗު ފެނުން މައްޗަށް ނަގާފައިނުވެ އެވެ. ލޯންޗުގައި ހުރި ތެޔޮތައް ފަޅުތެރެއަށް ފެތުރުމުން އެކަމާ ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ހިތްހަމަނުޖެހުންފާޅުކޮށްފައި އެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.