twitterviber whatsapp telegramfacebookyoutube instagram
19th March 2024

ހިރަފުސް ކަޕް މިފަހަރު ހާއްސަ ކުރަނީ އިސްރަށްވެހިންނަށް !

Jun 20, 2018

ހިރަފުސް ކަޕަކީ ހިރަފުސް ފުޓްބޯޅަ ޓީމުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތެކެވެ. މިއީ ކުޅުދުއްފުށީގައި ޤަވާއިދުން ކޮންމެއަހަރަކު ބާއްވާ 11 އަސައިޑް ފުޓްބޯޅަ މުބާރާތެކެވެ. މިއި މިމުބާރާތް ވިދިވިދިގެން ބާއްވާ 11 ވަނައަހަރެވެ.

ފަހަކަށް އައިސް މިމުބާރާތް ބާއްވަމުން އަންނަނީ ހާއްސަ ޝިއާރަކާއެކީ އެވެ. އެގޮތުން މިދިޔަ އަހަރު މަސްތުވާތަކެއްޗާއި ދެކޮޅު ޝިއާރު ނަގައިގެން އެކަމަށް އަހުލުވެރިކުރުވިއިރު ހިރަފުސް ކަޕްގެ މިއަހަރުގެ ޝިއާރަކީ “ހިރަފުސް އިސްރަށްވެހީންނާއެކު” އެވެ.

އިސްރަށްވެހީންނަކީވެސް މުޖުތަމައުގެ ބައެއްގެ ގޮތުގައި ދެކިގެން އެމީހުން ބާކީކޮށްނުލައި، އެމީހުންނަކީވެސް އެހެން މީހުންގެ ލޯއެއްބާއި އެހީތެރިކަމާއި އަޅާލުން ބޭނުންވެފައިވާ ބައެއްކަން ދެކިގެން މުޖުތަމައުގެ ކަންކަމުގައި ބައިވެރިކުރުވުމެވެ. އަދި އެމީހުންގެ އިރުޝާދާއި ލަފައަކީ މުހިންމު ބައެއްކަން ހާމަކޮށްދިނުމެވެ. މިއީ އިސްރަށްވެހީންގެ ޝިއާރު ނެގި މަގްސަދެވެ.

ހިރަފުހުން ބުނީ މެޗު ކުޅޭ ކޮންމެ ދުވަހަކުވެސް ރަށުގެ އިސްރަށްވެހީންގެ ތެރެއިން ހޮވާލެވޭ ބަޔަކު މެޗު ބެލުމަށްޓަކާއި ދަނޑަށް ގެންނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިސްރަށްވެހީންނަށް ހަދިޔާ ދިނުން ފަދަ ކަންކަން ރޭވިފައިވާކަމަށް ހިރަފުން މައުލޫމާތުދެ އެވެ.

މުބާރާތުގައި ކޮންމެ ޓީމަކުންވެސް ފޮޓޯ ނަގާއިރު ފޮޓޯ ނަގަން ހަމަޖެހިފައިވަނީ ޝިއާރު ބެނާއާ އެކު އެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު މުބާރާތް ހުޅުވާލާފައިވަނީ ކުލަބު ޖަމިއްޔާތަކަށެވެ. މިގޮތަށް ކުލަބު ޖަމިއްޔާތަކަށް މުބާރާތް ހުޅުވާލީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ރަށުންބޭރުގެ ޓީމުތަކަށްވެސް ފުރުސަތު ދިނުމުގެ ގޮތުން ކަމުގައި ހިރަފުސް ޓީމުން މައުލޫމާތު ދެއެވެ.

“ޕެންޓަގުރާމް ހިރަފުސް ކަޕް 11” ގެ ނަމުގައި ބާއްވާ މިމުބާރާތުގައި މިއަހަރު ބައިވެރިވެފައިވާ ޓީމުތަކަކީ؛

މަގުލަސް ކުލަބު (ކުޅުދުއްފުށި)

ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާ (ކުޅުދުއްފުށި)

ކުލަބް ކޮރަލްސް (ކުޅުދުއްފުށި)

ސޮސައިޓީ ފޮރ ކުޅުދުއްފުށީ ޔޫތު (ކުޅުދުއްފުށި)

ވީ އާރ ވަން (ކުޅުދުއްފުށި)

ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކުލަބު (ކުޅުދުއްފުށި)

ޒިގްޒެޖް ފޮރ ޔޫތު ލިންކޭޖު (ކުޅުދުއްފުށި)

ލައިކަން ފުޓްބޯލް ކްލަބް (ނޮޅިވަރަންފަރު)

މިމުބާރާތުގެ މެއިން ސްޕޮންސަރ މިއަހަރުވެސް ނަގާފައިވަނީ “ޕެންޓަގްރާމް” ފިހާރައިންނެވެ. ޕެންޓަގްރާމް ފިހާރައަކީ ކުޅުދުއްފުށީގައި ގާރމެންޓްސްގެ ވިޔަފާރިކުރާ އެންމެ މަޝްހޫރުއެއް ފިހާރައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ ހުށަހެޅިފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 7000ރ އެވެ.

ޕެންޓަގްރާމްގެ އިތުރުން ކުޅުދުއްފުއްޓާއި އެހެނިހެން ރަށްރަށުގެ ވަރަށްގިނަ ވިޔަފާރިވެރިންގެ އިތުރުން ސަރުކާރު ބައެއް މުއައްސަސާތަކާއި އާންމުންގެ ފަރާތުން އެހީތެރިކަން މިމުބާރާތަށް ލިބިގެންދާކަން ޝުކުރުވެރިކަމާއެކު ހިރަފުސް ފުޓްބޯޅަ ޓީމުން ފާހަގަ ކުރެއެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2018 ގައެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355