twitterviber whatsapp telegramfacebookyoutube instagram
19th March 2024

މެސީ އާ ބައްދަލުކުރަން އިންޑިޔާ މީހަކު ބައިސްކަލުގައި ރަޝިޔާއަށް !

Jun 21, 2018

ރަޝިޔާގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ބަލަން އެތައް ހާހެއްހާ މީހުން ރަޝިޔާއަށް ގޮސްފައިވާއިރު މިއީ އެންމެ ކަމުދާ ކުޅުންތެރިޔާއާއި ބައްދަލުކޮށްލަން ރަޝިޔާއަށް ދިޔަ އިންޑިޔާގެ ރައްޔިތެއްގެ ވާހަކަ އެެވެ.

ކްލިފިން ފްރާންސިސްއަކީ ކެރެލާގައި ދިރިއުޅޭ ފްރީލާސް ހިސާބު ޓީޗަރެކެވެ. މިދިޔަ އަހަރު ރައްޓެއްސަކު ވޯލްޑްކަޕް ބަލަން ދާނަންތޯ ކްލިފިން އާއި ސުވާލު ކުރުމުން ބުނީ ޔަގީނުންވެސް ދާނެކަމަށެވެ.

އެހާ ހިސާބުން ކްލިފިން ބޭނުންވީ އެންމެ އަގުހެޔޮކޮށް އިންޑިއާއިން ރަޝިޔާއަށް ދެވޭނެ ގޮތެއް ހޯދުމެވެ. ސަބަބަކީ އިންޑިއާއިން ރަޝިޔާއަށް ގޮސް އެއްމަސް ދުވަހު ރަޝިޔާގައި ހުރެވޭނެ ހާ ތަނަވަސްކަން ނެތުމުންނެވެ. އޭނާއަށް އެކަމުގެ ހައްލަކަށް ލިބުނީ ބައިސްކަލެވެ.

ކްލިފިންގެ މި “އެޕިކް” ދަތުރު ފެށީ ފެބްރުއަރީ މަހު 23 ވަނަ ދުވަހުއެވެ. އެގޮތުން ފުރަތަމަ އިންޑިއާއިން ދުބާއީއަށް އޭނާ ދަތުރު ކުރީ މަތިންނެވެ. އަދި ދުބާއީިން އިރާންއަށް ދަތުރު ކުރީ ފެރީއެއްގަ އެވެ. އެހާ ހިސާބުން ރަޝިޔާއަށް ބައިސްކަލުގައި ދާންވެސް 4200 ކިލޯ މީޓަރު ބާކީ އޮތެވެ.

ބީބީސީ އަށް މައުލޫމާތު ދެމުން ކްލިފިން ބުނީ އޭނާއަކީ ބައިސްކަަލު ދުއްވުމަށް ލޯބިކުރާ އަދި ފުޓްބޯޅައަށް ވަރަށް ފޯރި ހުންނަ މީހެއްކަމުން އެ ދަތުރަށް އޭނަގެ ދެ ޕެޝަންއެއްކޮށްލީ ކަމަށެވެ.

ކްލިފިން ފުރަަތަމަ މަސައްކަތްކުރީ ޕާކިސްތާނުން ދަތުރު ފެށުމަށެވެ. ނަމަވެސް އިންޑިއާއި ޕާކިސްތާނުގެ ގުޅުން ރަަގަނޅު ނޫންކަމުން އޭނާ އެހިޔާލު ދޫކޮށް ދުބާއީ މަގުން ދަތުރު ފެށީއެވެ.

ރަޝިޔާއަށް ދިއުމަށްޓަކައި ފުރަތަމަ ކްލިފިން ޖެހުނީ ބައިސްކަލެއްވެސް ގަންނާށެވެ. 700 ޑޮލަރަށް އޭނާއަށް ލިބުނީ އެހާ ދުރަށް ދަތުރުކުރަން އެންމެ އެކަށޭނަ ބައިސްކަލެއް ނޫންކަމަށްވިއަސް އެއަށްވުރެ އަގުބޮޑު އެއްޗެއް އެވަގުތު އެފޯޑް ކުރެވެނެތުމުން ދަތުރު ފަށައިގެން ފުރަތަމަ ސްޓޮޕް އަކަށްވީ އިރާންއެވެ.

އިރާން ސިފަ ކުރަމުން ކްލިފިން ބުނި އެއީ ދުނިޔޭގެ އެންމެ ރީތި ގައުމު ކަމަށާއި އެގައުމުގެ މީހުންވެސް އެހާ ހިތްހެޔޮ ކަމަށެވެ. އެ ގައުމުގައި މަޑު ކުރި 45 ދުވަހުގެ ތެރޭގައި އޭނާ ހޮޓެލްގައި މަޑުކުރީ އެންމެ 2 ދުަވަހު ކަމަށާއި އޭނާ ހުރުމާއި ކެއުމުގެ ކަންކަން އެގައުމުގެ މީހުން ވަރަށް ރަނގަޅަށް ބަލަހައްޓައި ދިން ކަމަށެވެ.

ކްލިފިންގެ ދެވަނަ މަންޒިލަކަށް ވީ އަޒާބައިޖަން އެވެ. އެގައުމުގެ ބޯޑަރުގައި ލިބި ޕޮލިހުންނަށް ކްލިފިންގެ ޓްރެވަލް ޑޮކިއުމެންޓްތައް ވެރިފައި ކުރަން 8 ގަޑިއިރު ނެގިއެވެ. ސަބަބަކަށްވީ ހުއްޓާނުލާ ބައިސްކަން ދުއްވުމުގެ ސަބަބުން ކްލިފިންގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުން ޕާސްޕޯޓްގެ ފޮޓޯއާއި ކްލިފިން ވައްތަރު ނުވުމެވެ. ކްލިފިން ޖޯޖިޔަށް ނުވަދެވިވެސް 1 ދުވަހު މަޑުކުރަން ޖެހުމުން އޭނާ ރަޝިޔާއަށް އަރަންޖެހުނީ ޑަގެސްޓަނުންވެ.

ޑަގެސްޓަނުން އޭނާއަށް އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ވާހަކަ ދެއްކުމެވެ. ޑަގެސްޓަނުގެ ގިނަ މީހުންނަށް އިނގިރޭސިން ވާހަކަ ދައްކަން ނޭގުމެވެ. އެހެން ނަމަވެސް ކްލިފިން މިހާރު ރަޝިޔާގެ ޓެމްބޮވް އާއި ހިސާބަށް ދަތުރު ކޮށްފައިވާއިރު ރަޝިޔާގެ ކެޕިޓަލްގައި އޭނާ ހުންނަ ޖެހޭނީ މި މަހު 26 ގައި ކުޅޭ ފްރާންސާއި ޑެންމާރކް ކުޅޭ މެޗަށެވެ. އެއީ ކްލިފިންއަށް ޓިކެޓް ލިބޭގޮތްވީ އެ މެޗަށެވެ.

ކްލިފިން ބުނީ އޭނާ ބޭނުންވަނީ މެސީއާއި ބައްދަލުކޮށް އޭނާގެ ބައިސްކަލުގައި މެސީ ސޮއި ކުރާށެވެ. އަދި މެސީ އެއީ އޭނާގެ ހީރޯކަަމަށްވެސް ކްލިފިން ބުންޏެވެ. އަދި ވޯލްޑްކަޕްގައި އިންޑިއާއިން ކުޅޭތަން ދެކުމަކީ ވަރަށް ބޭނުންވާ ކަމެއްކަމަށް ވެސް އޭނާ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355