twitterviber whatsapp telegramfacebookyoutube instagram
18th February 2026

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސް ދެ މަގާމަކަށް ބޭފުޅުން ހަމަޖައްސަވައިފި

Jun 27, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އިސް ދެ މަގާމެއް އުފައްދާ، އެ ދެ މަގާމަށް ބޭފުޅުން ހަމަޖައްސަވައިފި އެވެ.

އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްޓިންގ މެޑިކަލް ޑައިރެކްޓަރުގެ މަގާމަށް ހަމަޖެއްސެވީ ޑރ. މުހައްމަދު ވަހީދެވެ. އަދި ޑައިރެކްޓަރ އޮފް ނާސިންގ ގެ މަގާމަށް ހަމަޖެއްސެވީ އައިޝަތު ހާމިދެވެ.

މި ދެ ބޭފުޅުން މި މަގާމުތަކަށް ހަމަޖެއްސުމަށްފަހު ހެލްތް މިނިސްޓަރު މުހައްމަދު ނާޒިމްވަނީ އެ ދެ ބޭފުޅުންނާއި ބައްދަލުކުރައްވާފައި އެވެ.

މެޑިކަލް ޑައިރެކްޓަރެއްގެ މަގާމަށް ހަމަޖެއްސި ޑރ މުހައްމަދު ވަހީދާއި ހެލްތް މިނިސްޓަރ މުހަންމަދު ނާޒިމް–

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އެ ދެ ބޭފުޅުން މަސައްކަތްކުރަންވަން ޖެހޭއިރު މާދަމާގެ ވަގުތެއްގައި އެ ބޭފުޅުން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355