twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޑަބުލިއު އެސް އޭ ތްރީ އޮން ތްރީ ސްޓްރީޓް ޗެލެންޖްގެ ޗެމްޕިއަންކަން ޔޫސީމާސް އަދި ޑެސްޕެރޭޑޯ

Jul 1, 2018

އައިވެލް ޕޯޓްރޭޓް ޑަބުލިއު އެސް އޭ ތްރީ އޮން ތްރީ ސްޓްރީޓް ޗެލެންޖްގެ ޗެމްޕިއަންކަން ޔޫސީމާސް އަދި ޑެސްޕެރޭޑޯ ހޯދައިފި އެވެ.

އަންހެން ބައިން ޔޫސީމާސް ޗެންޕިއަންކަން ހޯދާފައިވަނީ ރޭ ކާނިވަލް އާއި ވާދަކޮށްގެންނެވެ. އަދި ފިރިހެން ބައިން ޑެސްޕެރޭޑޯ ޗެމްޕިއަންކަން ހޯދީ ލާސްޓް ސެންކަންޑް ވާދަކޮށްގެންނެވެ.

ޗެމްޕިއަން ޓީމަށް ވަނީ ސީލްޑާއި މެޑަލް ހަވާލުކޮށްފައެވެ. އިނާމު ދިނުމަށް ހުކުރުދުވަހުގެ ރޭ ބޭއްވި މިހާއްސަ އިވެންޓް ޝަރަފްވެރިކޮށްދެއްވީ ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރާއި ފެނަކަ ކޯޕަރޭޝަންގެ އެސިސްޓެންޓް އެމްޑީ މުހައްމަދު ލައްމާނު އާއި، އެމްއެމްޕީއާރުސީގެ އެސިސްޓެންޑް އެމްޑީ ހާރިޝް މުހައްމަދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިސްމާއިލް އަބުދުﷲ، އުރީދޫ ނޯތް ރީޖަންގެ މެނޭޖަރު އަބުދުލް މުހައިމިނު، ފެނަކަ ކޯޕަރޭޝަންގެ ކުޅުދުއްފުށީ ބުރާންޗް މެނޭޖަރު މަމްދޫހް އަލީ އަދި އައިވެލް ޕޯޓްރޭޓްގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ސަމީރެވެ.

ޗެމްޕިއަންކަން ހޯދި ޔޫސީމާސްގެ ޓީމް–

މީގެ އިތުރުން މުބާރާތުގެ ތެރެއިން ކުއާންޓަމް 3 ޕޮއިންޓް ހޮޓްޝޮޓް އަދި ކުއާންޓަމް ކިންގް އޮފް ދަ ރިންގުގެ ނަމުގައި ދެ އިވެންޓްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ދެ އިވެންޓްގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމް ހުށައަޅާފައިވަނީ ކުއާންޓަމްގެ ފަރާތުންނެވެ.

އެގޮތުން ކުއާންޓަމް 3 ޕޮއިންޓް ހޮޓްޝޮޓް އިން އެއްވަނަ ހޯދާފައިވަނީ އަހުމަދު މުހައްމަދު (އެނީ) މުހައްމަދު ހަސަން (ސުހާނީ) އަދި މުހައްމަދު ހަސަން އެވެ. މި އިވެންޓްގެ 1 ވަނައަށް ހުށައަޅާފައިވަނީ 750 ރުފިޔާގެ ބީއެމްއެލް ގިޕްޓް ކާޑެކެވެ. 2 ވަނައަށް 500 ރުފިޔާގެ އަދި 3 ވަނައަށް 300 ރުފިޔާގެ ގިޕްޓް ކާޑެކެވެ.

ކުއާންޓަމް ކިންގް އޮފް ދަ ރިންގުން 1 ވަނަ ހޯދާފައިވަނީ މުހައްމަދު ހަސަން (ސުހާނީ) އެވެ. 2 ވަނަ ހޯދާފައިވަނީ މުހައްމަދު ޝާހިދު (ޝާޑް) އެެވެ. މި އިވެންޓްގެ 1 ވަނަ ހުށައަޅާފައިވަނީ ހިސެންސް ސްމާޓް ޓީވީ އެވެ. 2 ވަނަ އަށް ކޮމްޕިއުޓާ ސައުންޑް ސިސްޓަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355