twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޔޫރީ ޒޫންއާއެކު 35 ކައިޓް ސާރފަރުންގެ ހުނަރު ދައްކާލައިފި

Jun 30, 2018

މިދިޔަ ބުރާސްފަތި ދުވަސް ވެގެން ދިޔައީ ކުޅުދުއްފުއްޓަށް އައި މޫދު ކުޅިވަރުގެ ކުޑައީދެއްގެ ގޮތުގަ އެވެ.

“ކައިޓް ބޯޑިންގ ކުޅުދުއްފުށި” އިންތިޒާމްކޮށްގެން ދެ ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދި ކައިޓް އެރުވުންތެރިޔާ ޔޫރީ ޒޫން ބައިވެރިވެގެން ގެނެސްދިން ކަނޑު ތެލަނގަ އިވެންޓަކީ 35 ވަރަކަށް ސާރފަރުންނާއެކު ބޭއްވުނު ވަރަށް ކާމިޔާބު އިވެންޓެއްކެވެ.

ޔޫރީ ޒޫންއާއެކު ކުޅުދުއްފުށީ ކައިޓް ސާރފަރުން ފޮޓޯއަކަށް ހުއްޓިގެން–

މިއީ މިފަދަ މޫދު ކުޅިވަރުގެ ހަރަކާތެއް މިރަށުގައި ބޭއްވިގެން ދިޔަ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެ އެވެ. މި ކަން އިންތިޒާމު ކުރި ފަރާތުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ މި އިވެންޓް ވަރަށް ކާމިޔާބުކަމަށާއި އެކަން ގިނަ ބައެއްގެ ސަމާލުކަން ލިބި، ބޮޑު ތަރުހީބެއް ރައްޔިތުންގެ ފަރާތުންވެސް ލިބިގެންދިޔަ ހަރަކާތެއްގެ ގޮތުގައި ދެކެ އެވެ.

20 ބައިވެރިންނާއެކު ހުކުރު ދުވަހު ވަނީ ހޮނޑާފުށީގައިވެސް ކަނޑު ތެލަނގަ އެރުވުމުގެ އިވެންޓެއް މި ފަރާތުން ކުރިޔަށް ގެންގޮސްފައިވެ އެވެ.

އެފަރާތުން ބުނީ އަންނަ އަހަރުގެ ހުޅަނގު މޫސުމާ ދިމާކޮށްވެސް މި ކަހަލަ މަޝްހޫރު ފަރާތަކާއެކު މި ފަދަ ކާމިޔާބު އިވެންޓެއް ކުރިޔަށް ގެންދިޔުމަށް ވިސްނާކަމަށެވެ.

ކައިޓް ސާފިން ކުރާއިރު އެސަރަހައްދުގައި ވަރަށް ގާތުގައި މީހުން ބަލަން ތިބޭ ކަމަށާއި އެކަމަކު އެހާ ކައިރީގައި ބަލަން ތިބުމަކީ ރައްކާތެރިކަމެއް ނޫންކަމަށް އެފަރާތުން ފާހަގަކުރެ އެވެ. ކައިޓް ސާފިން ކުރާ ތަން ބަލަން ތިބޭއިރު ހަމަ ސައިކަލް އިވެންޓްތައް ކަހަލަ ނުރައްކާތެރި އިވެންޓެއްކަމަށް ދެކިގެން، ކައިޓެއް ކަނޑައިގެން ނުވަތަ އެހެން ކަހަލަ ކަމެއް ވެގެން ވެއްޓުނަސް ކައިރިއަށް ނުދިއުމަށް ސާރފަރުން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355