ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިންގުން ހަރުދާނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފި އެވެ.
ހެލްތް މިނިސްޓްރީގެ އޮފިޝަލަކު މިރޭ ކޭއޯއަށް ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ކުރިއަށް އޮތް ތިން މަސް ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓާ ފެންވަރު ރަނގަޅު ހިދުމަތްދޭ ތަންނަކަށް ބަދަލުކުރުމަށް ހެލްތް މިނިސްޓްރީއަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ އަންގަވާފަ އެވެ. ހޮސްޕިޓަލުގެ ހިދުމަތް ފެށުމަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.
ތިން މަސް ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލުގެ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަނީ !
އޮފިޝަލް ވިދާޅުވީ ހިދުމަތްތައް ފެށިގެންދާއިރު ހޮސްޕިޓަލުގެ މެނޭޖްމަންޓްވެސް ހަރުދަނާކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިހާރު ވަނީ އެހޮސްޕިޓަލަށް މެޑިކަލް އަދި ނާސިންގ ޑައިރެކްޓަރު ހަމަޖައްސައިފަ އެވެ.