ކޮކާ ކޮލާއިން ވޯލްޑް ކަޕް ބަލަން ރަޝިޔާއަށް ފޮނުވަން ހަމަޖެހިފައިވާ ދެވަނަ ބެޗް އިއްޔެ ރަޝިޔާއަށް ފުރައިފި އެވެ.
ކޮކާކޯލާއިން ދިވެހިންނަށް ވޯލްޑް ކަޕް މެޗެއް ބަލާލަން ދިއުމަށް ހުޅުވާލި ފުރުސަތުގައި ހޮވުނު މީހުން 30 މީހުންގެ ތެރެއިން ފުރަތަމަ ބެޗްގައި ހިމެނުނު 10 މީހުން ރަޝިޔާއަށް ގޮސްފައިވަނީ ޖޫން މަހު 21 ގަ އެވެ.
ދެވަނަ ބެޗްގައި ވޯލްޑް ކަޕް ބަލަންދާން ފުރި މީހުންގެ ތެރޭގައި ހިމެނެނީ ބައެއް ނޫސްވެރިންނާއި ކޮކާކޯލާގެ ޕާޓްނަރު ފިހާރަތަކުގެ އޮފިޝަލުންގެ އިތުރުން ކޮކާ ކޯލާ އިން ކުރިއަށް ގެންދިޔަ “ވޯލްޑް ކަޕް ފިއެސްޓާ”ގެ ނަސީބުވެރިންގެ ތެރެއިން ބައެއް މީހުންނެވެ.
އެ މީހުން ބަލަން ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު ރާއްޖޭ ގަޑިން 23:00 ގައި ކުޅޭ އިންގްލޭންޑް އާއި ކޮލަމްބިއާ މެޗު ކަމަށް ކޮކާކޯލާ އިން ބުނެ އެވެ.
ކުރީގެ އަހަރުތަކުގައި ވެސް، ވޯލްޑް ކަޕާ ދިމާކޮށް ކޮކާކޯލާ އިން މިފަދަ ޕްރޮމޯޝަންތައް ހިންގާފައިވެ އެވެ.