twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބީއެމްއެލް އިން އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރގެ ހިދުމަތް ތައާރަފްކޮށްފި

Jul 1, 2018

ބޭންކް އޮފް މޯލްޑިވްސް އިން އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރގެ ނަމުގައި އާ ހިދުމަތެއް މިއަދު ތައާރަފްކޮށްފިއެވެ. މި ހިދުމަތް ތައާރަފްވުމާއެކު މިހާރު މޮބައިލް ފޯނު މެދުވެރިކޮށް ލުއި ފަސޭހަކަމާއެކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެއެވެ.

ބީއެމްއެލް އިން ކަސްޓަމަރުންނަށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓެކްނޮލޮޖީ އަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ތައާރަފްކުރެވުނު އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ހިދުމަތް ލިބޭނީ ބީއެމްއެލް މޮބައިލްޕޭ އެޕް މެދުވެރިކޮށެވެ. މި އެޕް މެދުވެރިކޮށް ދުވާލަކަށް 3،000 ޔޫއެސް ޑޮލަރާ ހަމަޔަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެއެވެ.

ފަސޭހަކަމާއެކު ބީއެމްއެލް މޮބައިލްޕޭ އެޕް ޑައުންލޯޑްކޮށް، އެއަށް ފަހު ރަޖިސްޓަރ ކޮށްގެން ރާއްޖެއިން ބޭރުގެ ކޭޝް އެޖެންޓަކަށް، ބޭންކް އެކައުންޓަކަށް ނުވަތަ މި ހިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭ ގައުމުތަކުގައި ބޭނުންކުރެވޭ ޑިގިޓަލް ވޮލެޓަކަށްވެސް ފައިސާ ފޮނުވޭނެއެވެ.

ފައިސާ ފޮނުވުމުގެ ހިދުމަތުގެ އަގު 5 ޔޫއެސް ޑޮލަރުން ފެށޭއިރު އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ހިދުމަތުގެ އަގު ވެގެންދާނީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ އެންމެ ހެޔޮ އަގަށެވެ. އަދި އާންމުކޮށް ފައިސާ ފޮނުވާއިރު ޕްރޮސެސްކުރުމަށް ނަގާ ވަގުތަށްވުރެ އަވަހަށް މި ހިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ  އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ހިދުމަތާއެކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ލުއިފަސޭހަވެގެންދާނެކަމަށެވެ.

އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ހިދުމަތާއެކު ރާއްޖެއިން ބޭަރަށް ފަސޭހަކަމާއެކު، ބޭނުން ވަގުތަކު އަދި އަގު ހެޔޮކޮށް ފައިސާ ފޮނުވޭނެގޮތް މިވަނީ ހަަމަޖެހިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355