twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ރާއްޖޭގެ 33 ރަށް ހިމެނޭގޮތަށް 31.5 ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާޔާތްކޮށް ނިންމައިފި

Jul 2, 2018

ރާއްޖޭގެ އެކި ރަށްރަށުގެ ގޮނޑުދޮށް ހިމާޔާތްކުރުމަށް ހިންގި މަޝްރޫއުތަކުގެ ތެރޭގައި މިސަރުކާރުން މިހާތަނަށް ވާނީ 31.5 ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާރާތްކޮށްފައިކަމަށް އެންވަރމަންޓް މިނިސްޓަރ ތޯރިގް އިބުރާހިމް ވިދާޅުވެއްޖެ އެވެ.

ށ ބިލެއްފަހީގެ ގޮނޑުދޮށް ހިމާރާތްކުރުމުގެ މަޝްރޫއުގެ ނިމުން ރައީސުލް ޖޫމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު މިއަދު ވަނީ އިފްތިތާހްކޮށްދެއްވާފައި އެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް އިބުރާހިމް ވިދާޅުވީ މިސަރުކާރުން ރަށްރަށުގެ ގޮނޑުދޮށް ހިމާޔާތްކުރުމަށް ވަރަށް އިސްކަމެއްދީގެން ކުރަމުންދާ ކަމަށެވެ.

އެގޮތުން ސަރުކާރުން ވާނީ ރާއްޖޭގެ 33 ރަށް ހިމެނޭގޮތަށް 31.5 ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާޔާތްކޮށް ނިންމާފައިވާކަމަށް ތޯރިގް ވިދާޅުވި އެވެ. ގޮނޑުދޮށް ހިމާރާތްކުރުމަށް ހިންގުނު މިމަޝްރޫއުތަކަށް 1.34 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީގޮތުގައި ވަރަށް އަވަހަށް އެހެން ރަށެއްގައި 1.5 ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާރާތް ކުރުމުގެ މަސައްކަތް ފަށާނެކަމަށް ވިދާޅުވި އެވެ.

ބިލެއްފަހީގެ ގޮންޑުދޮށް ހިމާރާތްކުރުމުގެ މަޝްރޫއު ނިމުން ފާހަގަކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން–

ގޮނޑުދޮށްތައް ހިމާޔާތްކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ހޯދުމަށް މިސަރުކާރުން ވަރަށް މުހިންމު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ. މިނިސްޓަރު ތޯރިގް ވިދާޅުވީ އެހެން އެއްވެސް ސަރުކާރަކު ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔާތް ނުކުރާ މިންވަރަށް ރައީސް ޔާމީންގެ ޒައާމަތުގައި ރަށްރަށުގެ ގޮނޑުދޮށް ހިމާޔާތްކުރުމަށް މަޝްރުއޫތައް ހިންގާފައިވާކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް މިހާރުވެސް ސަރުކާރުން ދަނީ ކުރަމުންކަމަށް އެންވަރމަންޓް މިނިސްޓަރު ތޯރިގް އިބުރާހިމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355