twitterviber whatsapp telegramfacebookyoutube instagram
26th April 2024

އައިހެވަންއަކީ އުތުރުގެ ތަރައްގީގެ ނާރެސް، އެމަޝްރޫއު ހިނގާނެ : ރައީސް

Jul 2, 2018

ރާއްޖޭގެ އުތުރުގައި، އިހަވަންދިއްޕޮޅުގައި ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން “އައިހެވަން” މަތިން ހަނދާނެއް ނުނެތޭ ކަމަށާއި އެމަޝްރޫއަކީ އުތުރުގެ ތަރައްގީގެ އެންމެ ވަރުގަދަ އަދި އެންމެ ބިޔަ މަޝްރޫއުއަކީ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ށ. ފުނަދޫއަށް މިއަދު ހަވީރު ވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އުތުރުގެ ތަރައްގީއަށް އެންމެ ބިޔަ އަދި ވަރުގަދަ އައިހެވަން މަޝްރޫއު މަތިން ހަނދާން ނުނެތޭކަމަށާއި އަދި ތަރައްގީގެ ޗާޓުން އުނިވެގެން ދިޔައީކީވެސް ނޫން ކަމަށެވެ. އަދި އެމަޝްރޫއު މަޑުޖެހިފައިވަނީ ސަބަބުތަކެއް ހުރެގެންކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މިވަގުތު އެސަބަބުތައް ހާމަކުރެވެން ނެތީތީ ހިތާމަކުރައްވާ ކަމަށާއި ކޮންމެވެސް އެހެން ފޯރަމެއްގައި އެސަބަބުތައް ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށެވެ.

އެއީ އުތުރުގެ ތަރައްގީގެ އެންމެ ވަރުގަދަ މަޝްރޫއު އަދި އެންމެ ބިޔަ މަޝްރޫއު، އެ މަޝްރޫއު ހިނގާނެ. އެހެންނަމަވެސް އައިހެވަން މަޝްރޫއު މަޑުޖައްސާލާފައި އޮތީ ކީއްވެގެކަން ދައުލަތަށް އެންމެ އުނދަގޫ ކަންކަން ދިމާވަނީ ކޮން ކަމަކާ ގުޅިގެންކަން ދޭހަވާ ވަޒީރުންނަށް އެނގިވަޑައިގަންނަވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިފަދަ ބިޔަ ވިސްނަންވާ ކަންތައްތަކެއް ހުންނާތީ އާއި ބައެއް ފަރާތްތަކުގެ ފިއްތުންތަކުގެ ސަބަބުން މިފަދަ ބިޔަ ބޮޑެތި މަޝްރޫއުތައް ގެންދަން އެންމެ ބޭނުންވާ ވަރަށް މިފަދަ މަޝްރޫއުތައް ނުހިންގެނީކަމަށް ރައީސް ވިދާޅުވި އެވެ.

” އައިހެވަން މަޝްރޫއު މަޑުޖައްސާލާފައި އޮތީ އެއީ ފައިސާ ނެތީމަކާއެއްވެސް ނޫން އޭގެ އިންވެސްޓްކުރާނެ މީހުން ނެތީމަކާއެއްވެސް ނޫން”

ރައީސް ވިދާޅުވީ އައިހެވަން މަޝްރޫއުގެ ވާހަކަ މިދެންނެވީ އުތުރުގެ ތަރައްގީގެ އެންމެ ވަރުގަދަ ނާރެހަކަށް ވާނީ އެ މަޝްރޫއުކަމަށެވެ. އެމަޝްރޫއުއަށް ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވި ނަމަވެސް އެމަޝްރޫއު މަޑުޖެހިފައި އޮތީ އިދިކޮޅު ފާޑު ކިޔުންތެރިންގެ ކިހާ ބޮޑު ދައުރެއް އޮތް ކަމަށް އެފަރާތްތަކަށް އެނގިވަޑައިގަންނަވާނެކަމަށް ރައީސް ވިދާޅުވި އެވެ.

މަޑުޖެހިގެންދަނީ ކީއްވެގެންކަން ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް އެނގޭނެ ކަމަށެވެ. އަދި އެމީހުންގެ ކިހާވަރެއްގެ ދައުރެއް ތޯ އޮތީ އައިހެވަން މަޝްރޫއު ހިނގިޔަނުދޭން އެމީހުންނަށްވެސް އެނގޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އައިހެވަން މަޝްރޫއުއަކީ ބައިނަލް އަގްވާމީ ވަކި ބައްރެއްގެ ގޮތަށް ތަރައްގީކުރަން ހިޔާލުކޮށްފަ ހުރިހާކަމެއް ނިންމާފައި އޮތް މަޝްރޫއުއެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355